އަންނަ މެއި މަހުގެ 17 ވަނަ ދުވަހު އާ ކައުންސިލަރުން ހުވާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ހާމަކޮށްފި އެވެ.
ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން އެލްޖީއޭއިން ތައްޔާރުވަމުންދަނީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާ ދުވަހު އެވެ. ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލެއްގެ ދައުރަކީ ފަސް އަހަރު ކަމަށް ވާ އިރު، މިހާރުގެ ކައުންސިލަރުން މަޤާމާ ހަވާލުވީ 17 މެއި 2021 ގައެވެ.
ކައުންސިލަރުންނާ އެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން ވެސް ވަނީ އިންތިހާބުކޮށްފަ އެވެ. އެ މެމްބަރުން ހުވައެއް ނުކުރާނެ ކަމަށާއި، ނަމަވެސް ކައުންސިލަރުން ހުވާކުރާ ރަސްމިއްޔާތުގައި އެ މެމްބަރުން އިޤުރާރުގައި ސޮއިކުރާނެ ކަމަށް އެލްޖީއޭއިން ބުންޏެވެ.
މި އިންތިހާބުގައި ކައުންސިލްތަކަށް 681 އަދި އަންހެނުންގެ ކޮމިޓީތަކަށް 681 މެމްބަރުންނާ އެކު ޖުމްލަ 1،362 މެމްބަރުން ހޮވާފައިވެ އެވެ. މިފަހަރުގެ ސިޓީ ކައުންސިލްތައް ހިނެމޭހެން ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ ނަގާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.
މިއީ ހަށިގަނޑުން ފޮނުވާ ނުރައްކަލުގެ ރަނގަބީލުތަކެއް!
ހަރަދު ކުޑަކުރަން ފިޔަވަޅު އަޅަން ކުންފުނިތަކަށް އަންގައިފި
ފަރަށް އެރި ބޯޓަކުން ގެއްލުނު ދިވެއްސަކު ހޯދަނީ