އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 55 މީހުންގެ ސޮޔާއެކު ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅައިފި އެވެ.
ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅީ އެ ޕާޓީގެ ޑެޕިޔުޓީ ޗެއާޕާސަން އިބްރާހީމް ވަހީދާއި ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް ގަވާއިދާ ހިލާފަށް މަގާމުން ވަކިކުރި ކަމަށް ބުނެ އެވެ.
ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަދައްކަން ފުރުސަތު ނުދިނުމުން އެމްޑީޕީގެ ތެރެ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
ގަޕޯގެ މައްސަލަ ހުށަހެޅީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ފެކްޝަނުންނެވެ.
މި މައްސަލައާ އެކު ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ދުވަހެއް އަދި އެ ޕާޓީން ހާމައެއް ނުކުރެ އެވެ.
ފިނި ކޮށްގެން ފެން ބުއިމަކީ އެންމެ ސަޅި ގޮތެއް ނޫން!
މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ގަޕޯ ވިދާޅުވެއްޖެ
