ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އާރިފް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެއެވެ. ފެނަައިގެ އޮފިޝަލަކު ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
ފެނަލައިގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ޖިހާދާއި ޗީފް ރިސޯސަސް އޮފިސަރު އަބްދުﷲ ސަނޫން މިއަދު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް ވަނީ އިއްޔެ އިސްތިއުފާދެއްވާފަ އެވެ.
މީގެއިތުރުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވެސް ވަނީ ރޭ އިސްތިއުފާ ދެއްވާފަ އެވެ. އަދި އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރު ހުސައިން ދީދީ އާއި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހިދާއި ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފާއި ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް އިއްޔެ މަގާމުން ވަކިކުރި އެވެ.
ޓްރީޓޮޕްގެ ފާޓިލިޓީ ސެންޓަރުގައި 100 ކުދިން އުފަންވެއްޖެ
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ
ދުވާލަކު 35 ބޭސް ކާ ކަމަށް ކިމް ބުނުމުން މާހިރުން އިންޒާރު ދީފި
