ބޮޑުތަކުރުފާނުމަގު ހެންވޭރު ފެރީ ޓާމިނަލް އިން ފެށިގެން އިއްޒުއްދީން ފާލަން (ރަސްމީ ފާލަން) އާ ހަމައަށް އޮތް ސަރަހައްދުގެ މަގުފުޅާކުރުމުގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް ނިންމުމަށް އަމާޒުހިފާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ފޭސް1 ގެ ތެރެއިން މިވަގުތު މަސައްކަތް ކުރިއަށްދަނީ ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން މަސްވެރިންގެ ޕާކާއި ހަމައަށް އޮތް ސަރަޙައްދެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސް މުހައްމަދު މުއިއްޒު އާއެކު އެތަނަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އެ ސަރަޙައްދުގެ އެއްގަމު ތޮށި ހަ މީޓަރު ބޭރަށް ޖައްސާ މަގު ފުޅާކުރާނެ ކަމަށެވެ. އަދި މަގުގެ އެއްގަމު ތޮށީގެ މަސައްކަތާއި ޔުޓިލިޓީ ވިއުގައިގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހެންވޭރު ޓާމިނަލްއިން ފަށައިގެން، މަސްވެރިންގެ ޕާކާއި ހަމައަށް މި ސަރަޙައްދުގެ މަސައްކަތް 1 މަސްތެރޭގައި ނިންމުން އަމާޒަކީ. އަދި އިއްޒުއްދީން ފާލަމާ ހަމައަށް 3 މަސްތެރޭ ޖޫން ގެ ނިޔަލަށް ނިންމުން،" މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ސިޓީ ގާޑަން ކުރިމަތިން އޮންނަ ސަރަޙައްދުން މަގު ފުޅާކުރަން ބޭރަށް ޖައްސާ ސަރަޙައްދުގައި 500 ސައިކަލްގެ ޖާގައިގެ ޕާކިން ޒޯނެއް ވެސް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އުޅަނދުތަކަށް ކައިރިކުރެވޭ ގޮތަށް ވަށައިގެން ކީވޯލް ޖަހާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާއި ހަމައަށް އެއީ 90 މީޓަރުގެ ސަރަޙައްދެވެ. އަދި އިއްޒުއްދީން ފާލަމާ ހަމައަށް އެއީ 700 މީޓަރުގެ ސަރަޙައްދެވެ. އެ ސަރަޙައްދުގައި ޖުމުލަ 610 މީޓަރުގެ އެއްގަމު ތޮށި އާކޮށް، ތަރައްގީކުރެ އެވެ.
ދެ އަހަރު ތެރޭ ދެގުނަ އިތުރަށް ބީއެމްއެލް އިން އޭޓީއެމް ބެހެއްޓި
އީރާނުގެ އަސްކަރީ ގާބިލުކަން ހުރި މިންވަރު ޔަހޫދީންނަށް ނޭނގެ
"އަފުން ސިޓީ އެޕް" ލޯންޗުކޮށްފި