އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓާއި ދިމާކޮށް، ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާތައް ދިނުމާއި މުވައްޒަފުންނަށް ޕްރޮމޯޝަންތައް ބަހަމުންދާކަން "ހުރިހާ" އަށް އެނގިއްޖެ އެވެ.
މިކަން އެންމެ ބޮޑަށް ފާހަގަކުރެވޭ އެންމެ ބޮޑު އެއް ކުންފުންޏަކީ ހުޅުމާލެ ތަރައްގީކޮށް ހިންގާ ސަރުކާރުގެ ކުންފުނި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. މި ހަފުތާގެ ތެރޭގައި އެކަނިވެސް އެ ކުންފުނިން ވަނީ 400 އަށްވުރެ ގިނަ އާ ވަޒީފާ އެކި ފަރާތްތަކަށް ދީފައިވާ ކަން އެނގިފައިވެ އެވެ. މީގެ އިތުރުން އެ ކުންފުނީގައި މިހާރު މަސައްކަތްކުރާ 1,000 އަށްވުރެ ގިނަ މުވައްޒަފުންނަށް ވަނީ ވަޒީފާގެ ކުރިއެރުން ނުވަތަ ޕްރޮމޯޝަން ދީފަ އެވެ.
އެޗްޑީސީގެ އިތުރުން، އެމްޕީއެލް، ސްޓެލްކޯ، ކަސްޓަމްސް، އާރުޑީސީ، އެމްޓީސީސީ އަދި އެމްއޭސީއެލް ފަދަ ކުންފުނިތަކުން ވެސް ދަނީ ހުއްޓުމެއްނެތި މުވައްޒަފުން އިތުރުކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުންފުނިތަކުން ޕްރޮމޯޝަންތައް ދެމުންދަނީ ސިޔާސީ ވެރިން އަންގާ ގޮތުގެ މަތިން، ވަކި މަގްސަދުތަކެއް ހާސިލުކުރުމަށެވެ. މީގެ އިތުރުން ބައެއް ސަރުކާރުގެ މިނިސްޓްރީތަކުން ވެސް މި ދުވަސްވަރު ގިނަ އަދަދަކަށް މީހުން ވަޒީފާތަކަށް އައްޔަން ކުރަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.
މި ކަމަކީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގާ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. ހާއްސަކޮށް މުޅި ދުނިޔޭގެ އިގްތިސާދީ ހާލަތު ދަތިވެ، ހަރަދުތައް ކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި، އެއްވެސް އިމެއްނެތި ދައުލަތުގެ ބަޖެޓުން ބޮޑެތި ހޭދަކޮށްގެން މިގޮތަށް ވަޒީފާތައް ދެމުންދާތީ ގިނަ ފަރާތްތަކަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފަތުރުވެރިކަމަށް ދެއަހަރު ތެރޭ އަލަށް 365 މިލިއަން ޑޮލުގެ ލޯނު
މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހާގެ އޯޓޮޕްސީ ހަދަނީ
ޓީޓީގެ މުއާމަލާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމުގައި ކުރިއެރުމެއް