އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކެބިނެޓްގެ ވަޒީރުންގެ ހާޒިރުގައި، ފަލަސްތީނުގެ އަސީރުން މެރުމަށް ހުއްދަދޭ އާ ގާނޫނެއް އިޒްރޭލުގެ ޕާލަމެންޓް (ކްނެސެޓް) އިން ފާސްކޮށްފި އެވެ.

މި ގާނޫނުގެ ދަށުން، ކުށްވެރިވާ ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދިނުން ލާޒިމްކުރާއިރު، އެފަދަ ފަރާތްތަކަށް މައާފު ދިނުން ނުވަތަ ހުކުމުގެ މުއްދަތު ކުރުކުރުން ވަނީ މަނާކޮށްފަ އެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ފާސްކުރި ނުރައްކާތެރި ގާނޫނެކެވެ.

އަލަށް ފާސްކުރި މި ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި އިޒްރޭލުގެ ޕްރިޒަން ސާވިސް މެދުވެރިކޮށް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މި ނިންމުމާއެކު ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުންތައް އިޒްރޭލަށް އަމާޒުވާނެ ކަމަށް ބެލެވެ އެވެ.