އިޓަލީން ޕޮލެންޑަށް ގެންދިޔަ 413,793 ކިޓްކެޓް ޗޮކްލެޓް ވަގަށް ނަގައިފި ކަމަށް ނެސްލޭއިން ބުނެފި އެވެ.
ސްވިޒަލެންޑުގެ މަޝްހޫރު ކާބޯތަކެތި އުފައްދާ ކުންފުނި، ނެސްލޭއިން ބުނިގޮތުގައި މި ހަފްތާގެ ކުރީކޮޅު އިޓަލީގައި ހުންނަ އެ ކުންފުނީގެ ފެކްޓްރީން ޕޮލެންޑަށް ފޮނުވި ގާތްގަނޑަކަށް 12 ޓަނުގެ ޗޮކްލެޓް (413,793 ކިޓްކެޓް ބާ) ވަނީ ވަގަށް ނަގާފަ އެވެ.
ސްވިޒަލެންޑުގެ ވެވޭގައި މަރުކަޒީ އޮފީސް ހުންނަ މި ކުންފުނިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޗޮކްލެޓްތައް ބަރުކޮށްގެން ދަތުރުކުރި އުޅަނދާއި އޭގައި ހުރި މުދާތައް އަދިވެސް ފެނިފައި ނުވާ ކަމަށެވެ.
މި ޗޮކްލެޓްތައް ގެއްލިފައި ވަނީ އުފައްދާ މަރުކަޒުން ޑިސްޓްރިބިއުޝަން މަރުކަޒަށް ގެންދިއުމުގެ މަގުމަތީގަ އެވެ. މިއީ މުޅި ޔޫރަޕްގެ ބާޒާރުތަކަށް ފޮނުވުމަށް ތައްޔާރުކޮށްފައިވާ ތަކެއްޗެވެ.
ކުންފުނިން ބުނާ ގޮތުގައި ވަގަށް ނަގާފައިވާ މި ޗޮކްލެޓްތައް ޔޫރަޕްގެ ބާޒާރުތަކުގައި ނަހަމަ ގޮތުގައި ވިއްކުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް، ކޮންމެ ޗޮކްލެޓް ބާ އެއްގައި ޖަހާފައިވާ ހާއްސަ "ބެޗް ކޯޑު" ބޭނުންކޮށްގެން އެ ތަކެތި ދެނެގަނެވޭނެ ކަމަށް ނެސްލޭއިން ބުނެ އެވެ.
ކިޓްކެޓްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ކަސްޓަމަރުންނާއި، މުދާ ވިއްކާ ފިހާރަތަކަށް ޕެކެޓްގައިވާ ބެޗް ނަންބަރު ސްކޭން ކޮށްގެން އެއީ ވަގަށް ނަގާފައިވާ މުދާކަން ދެނެގަނެވޭނެ އެވެ. އަދި އެފަދަ މުދަލެއް ފެނިއްޖެނަމަ، ކުންފުންޏަށް އެކަން އެންގޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ މި ހާދިސާ އާންމުކުރަން ނިންމީ މިފަދަ ވައްކަންތައް ކުރާ މީހުން ބޭނުންކުރާ އުކުޅުތައް ތަރައްގީވަމުންދާތީ، އެކަމަށް ވިޔަފާރިތަކާއި އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ކަމަށެވެ.
10 ރުފިޔާގެ އާ ނޫޓުތަކެއް 1 އެޕްރިލް އިން ފެށިގެން ދައުރުކުރަނީ
ފަހަށް ބަތް ރައްކާ ކުރެވޭ ގޮތަކުން ސިއްހަތަށް ނުރައްކާވޭ!
ރެފަރަންޑަމް ވޯޓާ ގުޅޭގޮތުން މިރޭ ފޯރަމެއް ބާއްވަނީ