ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ގާނޫނުއަސާސީގެ އޮނިގަނޑަށް ބަދަލު އަންނާނެ ކަމަށް ތަޖުރިބާކާރު ގާނޫނީ ވަކީލު ޑރ. ސަމްސުލް ފަލާހު ވިދާޅުވެއްޖެ އެވެ.
ރެފަރަންޑަމް ވޯޓާ ގުޅިގެން ބާ ކައުންސިލުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ޑރ. ފަލާހު ވިދާޅުވީ މިހާރު ގެންނަން އުޅޭ ބަދަލުގެ ސަބަބުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދިވެހި ދައުލަތުގެ އަސާސީ ސިފަތަކަށް އަސަރުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލެއް ގެންނަންވާނީ ގާނޫނުއަސާސީއާ އެއްގޮތްވާގޮތުގެމަތިން ކަމަށެވެ.
ގާނޫނުއަސާސީގެ އޮނިގަނޑަށް ބަދަލު އަންނަ ކަންކަން ރައްޔިތުންގެ މަޖިލީހަށް ވެސް ފާސްނުކުރެވޭނެ ކަމަށް ދޭހަވާ ގޮތަށް މީގެކުރިން ސުޕްރީމް ކޯޓުގެ އެކި ނިންމުންތަކުގައި ފާހަގަކޮށްފައިވާ ކަމަށް ފަލާޙު ވިދާޅުވި އެވެ.
އެހެންކަމުން ގާނޫނުއަސާސީގެ އޮނިގަނޑަށް ބަދަލު ނުގެނެވުމަކީ ރާއްޖޭގައި ބަލައިގެންފައިވާ ކަމެއް ނޫން ކަމަށް ބުނާ ބުނުމަކީ އެންމެ ރަނގަޅު ބުނުމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަކީ ދިވެހި ދައުލަތުގެ މުހިންމު ބާރަކަށްވާއިރު، މަޖިލިސް އިންތިހާބުކުރާ ގޮތަށް ބަދަލު ގެންނަނަމަ ބާރުތައް ވަކިކުރެވޭ ނިޒާމަސް އަސަރު ފޯރާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
"އެ ގުނަވަނުގެ އިންތިހާބު ކުރެވޭ ގޮތަށް ބަދަލެއް ގެންނަ ނަމަ، ބާރުތައް ވަކި ކުރެވޭ ނިޒާމަށް ވެސް އޭގެ އަސަރު ފޯރާނެ. އެއީ ބާރުތައް ވަކިކުރުމުގެ ނިޒާމަށް ލޮޅުންއަރާ ކަމެއް، އެހެންވީމަ އަޅުގަނޑަށް ދެންނެވޭނީ މިއީ ގާނޫނުއަސާސީގެ އޮނިގަނޑަށް ބަދަލު އަންނަ ކަމެކޭ،" ފަލާހު ވިދާޅުވި އެވެ.
ކުޑަކުއްޖަކަށް ޖިންސީގޯނާކުރި އަނީސް ދެވަނަފަހަރަށް ދޫކޮށްލައިފި
ވޯޓުލާ މަރުކަޒުތަކަށް ތަކެތި ފޮނުވަން ފަށައިފި
