ދުއްވާލަން އަރާމު ސައިކަލެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ލުއިތަކަކާއެކު މޮޓޯ އެކްސް މޯލްޑިވްސް އިން ކުރިޔަށް ގެންދާ "ރޯދަ ރައިޑް" ޕްރޮމޯޝަން މިމަހުގެ ނިޔަލަށް ނިމޭނެ ކަމަށް ބުނެފި އެވެ.
މިމަހުގެ 31 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން މޮޓޯ އެކްސްއިން ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ހުރިހާ މޮޑެލްއެއްގެ ސައިކަލްތަކުން ބޮޑެތި ޑިސްކައުންޓް ލިބޭނެ އެވެ. އެތަނުން ލިބެން ހުންނަ މޮޑެލްތަކަކީ ސީއެފްމޮޓޯ، ކީވޭ (ސީއެފްމޮޓޯ 150 އެސްސީ އަދި ކީވޭ ވިއެސްޓޭ 175 އަދި ސީއެފްމޮޓޯ 300އެސްއާރް) އެވެ.
މޮޓޯ އެކްސްގެ އޮފިޝަލަކު ވިދާޅުވީ ޕްރޮމޯޝަންގެ އިތުރުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޝޯރޫމަށް ގޮސް، މޮޑެލްތައް އަޅާކިޔާ ބަލައި އަދި ރަނގަޅަށް މައުލޫމާތު ހޯދައިގެން ޕްރޮމޯޝަންގެ އެންމެ ފަހު ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ކަސްޓަމަރުން ހިތްވަރު ދިނުން ކަމަށެވެ.
މޮޓޯ އެކްސްއަކީ ދުނިޔޭގެ މަގުބޫލު ދެ ބްރޭންޑެއް ކަމަށްވާ ސީއެފް މޮޓޯ އަދި ކީވޭގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ.
މޮޓޯއެކްސްއިން ބުނި ގޮތުގައި މި ޕްރޮމޯޝަނުގެ މައިގަނޑު މަގުސަދަކީ އަލަށް ސައިކަލު ގަންނަން ބޭނުންވާ މީހުންނަށާއި، މިހާރު ގެންގުޅޭ ސައިކަލް އަޕްގްރޭޑް ކުރަން ބޭނުންވާ ފަރާތްތަކަށް ފެންވަރު ރަނގަޅު، ދުއްވާލަން ފަސޭހަ އަދި ޒަމާނީ ފަރުމާތަކުގެ ސައިކަލްތައް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމެވެ.
މި ޕްރޮމޯޝަނުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ސީއެފްމޮޓޯ 150 އެސްސީ މޮޑެލްއަށް ދީފައިވާ ހާއްސަ ސަމާލުކަމެވެ. މި ސައިކަލަކީ ފޯނު ޗާޖު ކުރެވޭނެ ޔޫއެސްބީ ޕޯޓެއް ފަދަ ޒަމާނީ ފީޗާސްތައް ހިމެނޭ ނުހަނު ފަސޭހަ ސައިކަލެކެވެ.
މި ސައިކަލް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ސައިކަލުގެ ފެންވަރު ވަޒަންކޮށްލުމަށްޓަކައި ހިލޭ ޓެސްޓް ރައިޑެއް ފުރިހަމަކުރުމުގެ ފުރުސަތު ލިބެ އެވެ.
މޮޓޯއެކްސްގެ ޝޯރޫމް ހުންނަނީ ހުޅުމާލެއަށް އަރާއިރު ހުންނަ ވިލާ ހަކަތައިގެ ޕެޓްރޯލް ޝެޑްގަ އެވެ. އެތަނަށް ޒިޔާރަތްކޮށްލުމުން ސީއެފް މޮޓޯ އަދި ކީވޭގެ އެކި ސީރީޒްތަކުގެ ސައިކަލްތައް ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން އެތަނުގެ ސައިކަލްގެ ސްޕެއާ ވެސް ލިބެން ހުރެ އެވެ.
އިންތިހާބު އެއްކޮށްގެން ސަލާމަތްވަނީ ބޮލަކަށް 5 ލާރި: އަހުމަދު
"ހަނގުރާމަ ކުރިއަށް ދަނީ ރޭވި ގޮތަށް ވުރެ ވެސް މާ ފުރިހަމައަށް"