ކައިވެނި ރޫޅުމަށްފަހު ވެސް ޖެނިފާ ލޮޕޭޒް ބެން އެފްލިކްއަށް ޝުކުރުވެރިވާ އެއް ސަބަބު މިހާރުވެސް އެބައޮތް ކަމަށް އޭނާއާ ގާތް ފަރާތްތަކުން ބުނެފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ބެންއާއެކު ކައިވެނި ރޫޅުމަށްފަހު ޖެނިފާ މިހާރު ވަނީ ހަޔާތުގެ އާ ފެށުމެއް ފަށާފަ އެވެ.
އެގޮތުން މާޒީ ފަހަތަށް ލައި، އާ ފެށުމަކުން އޭނާގެ ދިރިއުޅުން ފަށާފައިވާއިރު، ބެންގެ ފަރާތުން ލިބުނު އެއް ކަމަކަށް ޖެނިފާ މިހާރު ވެސް ޝުކުރުވެރިވެ އެވެ.
އެގޮތުން އެ ދެމީހުން އެކުގައި އުޅުނު ދުވަސްވަރު ބެން ދިން ހަނދާންތަކާއި އެ ދެމީހުންގެ ދަރިންނަކީ ޖެނިފާގެ ހަޔާތުގައި މިހާރު އެންމެ މުހިއްމު ކަންތައް ކަމަށް ބުނެވެ އެވެ.
"އެމީހުން އެކުގައި އުޅުނު ދުވަސްތަކަކީ ޖެނިފާގެ ހަނދާނުގައި އަބަދުވެސް ހުންނާނެ ހަނދާންތަކެއް،" ޖެނިފާގެ ގާތް ފަރާތަކުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ.
ދެ އަހަރު ދުވަހު އެކުގައި އުޅުމަށްފަހު ޖެނިފާއާއި ބެން ވަކިވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. 2022 ވަނަ އަހަރު ކައިވެނިކުރި އެ ދެމީހުންނަކީ އެއް އިރެއްގައި ހޮލީވުޑްގެ އެންމެ މަގުބޫލު ޖޯޑެވެ.
ޕްލާސްޓިކް ތަށިތަކުގައި ކާބޯތަކެތި ރައްކާކުރުން ހުއްޓާލާ!
ތުންފަތް ފަޅައިގެންދަނީ މިހެންވެ ކަމަށް ވެދާނެ!
އީރާނުން އިޒްރޭލާއި ސައުދީގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް