ގަލޮޅު މޯޗަރީ ކައިރީގައި ހުންނަ ގ. ހިޔާ ރޯދީގައި މިދިޔަ ބުދަ ދުވަހު ރޯވުމުގެ ހައެއްކަ މިނެޓު ކުރިން މީހަކު އެ ގެއަށް ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.
ގުދަނެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ އެ ގޭގައި އަލިފާނުގެ ހާދިސާ ހިނގީ އެ ދުވަހުގެ މެންދުރު 11 ޖަހަން ގާތްވެފައި ހުއްޓަ އެވެ.
ކާކުކަން ނޭނގޭ އެކައުންޓަކުން އާންމުކޮށްފައިވާ މި ވީޑިއޯއިން ފެންނަނީ ކަޅު ކުލައިގެ ވޭވް ސައިކަލެއްގައި އައި މީހަކު، ސައިކަލް ޕާކު ކުރުމަށް ފަހު އެ ގެއަށް ވަންނަ މަންޒަރެވެ. ކަޅު އަވި އައިނެއް އަޅައިގެން ހުރި އެ މީހާ ލައިގެން ހުރީ ހުދާއި ކަޅު ކުލައިގެ ގޮޅިޖެހި ގަމީހެކެވެ.
ވީޑިއޯގައިވާ ވަގުތުތަކަށް ބަލާއިރު، އެ މީހާ އެ ގެއަށް ވަދެފައިވަނީ ހެނދުނު 10:33 ގަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން 10:39 ގައި އޭނާ އެ ގެއިން ނުކުމެގެންދާތަން ފެނެ އެވެ. އޭނާ ނުކުތްތާ ހަތަރު މިނެޓު ފަހުން، 10:43 ހާއިރު، އެ ގޭގެ ތެރެއިން ދުން އަރާތަން ފެނިގެން އެ ސަރަހައްދުގައި މީހުން އެއްވެ ތިބޭ މަންޒަރު ވީޑިއޯއިން ފެންނަން ހުރެ އެވެ.
ފުލުހުންގެ ތަހުގީގުމި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، އަލިފާން ރޯވުމުގެ ކުރިން އެ ގެއަށް މީހަކު ވަންނަ ފެންނަ ސީސީޓީވީ ފުޓޭޖާ ގުޅޭ ގޮތުން ފުލުހުން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަން ވެސް ފާހަގަކުރެވެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މީގެ ކުރިން ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގި މޯރީގަރާޖާ ޖެހިގެން ހުންނަ ހަނި ގޯޅިއެއްގައި ހުރި ގުދަނެއްގަ އެވެ. އަލިފާންގަނޑު ނިއްވާލިއިރު، އެ ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.

އީރާނުން ޑީއޭގޯ ގާސިއާއަށް މިސައިލް ހަމަލާތަކެއް ފޮނުވާލައިފި
ޝައްވާލު މަހުގެ ހަ ރޯދަ މުހިއްމުވާ 3 ސަބަބެއް!
ބީއެމްއެލް އިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އީދު ސައި ބާއްވައިފި