ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމްގެ އަޑުން ގޮވި ނަމާދުގެ ބަންގިއަށް ގިނަ ބަޔަކު ތައުރީފު ކުރަމުން އެބަ ގެންދެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ދާދި ފަހުން އާތިފް އެމެރިކާއަށް ކުރި ދަތުރެއްގެ ތެރެއިން އެ ގައުމުގެ މިސްކިތެއްގައި އޭނާ ވަނީ ބަންގި ގޮވާފަ އެވެ.
އޯލާންޑޯގެ މިސްކިތެއްގައި އާތިފް ގޮވި އެ ބަންގީގެ ވީޑިއޯތައް މިހާމު ސޯޝަލް މީޑިއާގައި ދައުުރު ވަމުން އަންނައިރު އޭނާގެ ބަންގި ވަރަށް ރީތި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެގޮތުން އޭނާގެ އަޑުގައި ރޫހާނީ ކަމެއް ހުންނަ ކަމަށާއި އޭނާގެ ބަންގީގެ އަޑުން ހިތަށް އިތުރު ހަަމަޖެހުމެއް ލިއްބައިދޭ ކަމަށް ވެސް ސޯޝަލް މީޑިއާގައި އެމީހުން ބުނެ އެވެ.
ބޮލީވުޑްގެ ކާމިޔާބު ގިނަ ލަވަތަކެއް ކިޔައިދީފައިވާ އާތިފް ވަނީ މީގެ ކުރިން އޭނާގެ އަޑުން ބައެއް އިސްލާމީ މަދަހަތައް ވެސް ކިޔައިދީފައިވެ އެވެ.
އާތިފް އަސްލަމްއަކީ ޕާކިސްތާނަށް ނިސްބަތްވާ ތަރިއެއް ނަމަވެސް އޭނާގެ މަސައްކަތްތައް ގިނައިން ކުރިއަށްދަނީ ބޮލީވުޑްގަ އެވެ.

ރާއްޖެއިން ހަރަދުކުޑަކުރުމުގެ ބަދަލުގައި ހަރަދުތައް ވަނީ ބޮޑު
އެންމެ ގިނައިން ކަދުރު އުފައްދާ ގައުމަކީ ކޮބާ؟