ފެބުރުވަރީ މަހުގެ ނިޔަލަށް ޔޫޒަބްލް ރިޒާވްގައި 337 މިލިޔަން ޑޮލަރު ހުރި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ރިޒާވަށް އައިސްފައިވާ ބަދަލުތަކުގެ ތަފާސް ހިސާބުތައް މަރުކަޒީ ބޭންކުން ވަނީ އާންމުކޮށްފަ އެވެ.
އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަސް ނިމުނުއިރު ޔޫޒަބްލް ރިޒާވްގެ ގޮތުގައި ހުރީ 337 މިލިއަން ޑޮލަރެވެ. މިއީ ބޭނުން ކުރެވޭ ރިޒާވު މީގެ 2 އަހަރު ކުރިން ހީނަރުވުމަށް ފަހު މިދިޔަ އަހަރުން ފެށިގެން އަންނަ ހެޔޮ ބަދަލާއެކު އައިސްފައިވާ ކުރިއެރުމެކެވެ. މިއަހަރުގެ ޖަނަވަރީ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 301.4 މިލިޔަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 11.8 ޕަސެންޓްގެ ކުރިއެރުމެކެވެ.
ބޭނުން ކުރެވޭ ރިޒާވުގެ ގޮތުގައި ބަލަނީ ރަސްމީ ރިޒާވް އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓްގެ ގޮތުގައި ހުރި ބޭރު ފައިސާގެ އަދަދުން ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށް ވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހު އެވެ. މިއީ ރިޒާވުން ވަގުތުން ބޭނުން ކުރަން ހުރި އަދަދެވެ. ފެބްރުއަރީ މަހުގެ ނިޔަލަށް ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ހުރީ، 1.03 ބިލިއަން ޑޮލަރުގަ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 1.27 ބިލިޔަން ޑޮލަރެވެ. މިއަހަރު ފެށިގެން ރަސްމީ ރިޒާވް ވަނީ އެއް ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އެގޮތުން ޖަނަވަރީ މަހު 1.03 ބިލިޔަން ޑޮލަރު ރަސްމީ ރިޒާވުގައި ހުރިއިރު، މިއީ %23 ގެ ކުރިއެރުމެއް ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އިޒްރޭލުގެ އިންޓެލިޖެންސް ވެރިޔާ އިސްތިއުދާ ދީފި
އިންތިހާބުތައް އެއްކޮށްލުމުގެ ހަގީގީ މަގުސަދު ސާފުކޮށްދޭން ޖެހޭ
ދީނަށް ފުރައްސާރަ ކުރި އާމިރު ތަހުގީގަށް ހާޒިރެއް ނުވި