މިއަހަރުގެ ރަމަޟާން މަހާ ގުޅުވައިގެން ގެނެސްދޭ "ރޯދަ މަލާފަތް" ސެގްމެންޓްގައި ކިޔުންތެރިންނާ ހަމައަށް އަޅުގަނޑުމެން މި ގެނެސްދެނީ ދިވެހި ރަހަތަކެވެ.
އެގޮތުން ބޯފޮޅި ދުވަހަކީ ދިވެހި ތާރީހުގައި ފާހަގަ ކުރެވުނު މުހިއްމު ދުވަސްތަކުގެ ތެރެއިން ދުވަހަކެވެ. މިއަދު އަޅުގަނޑުމެން ހިއްސާ ކޮށްލާ ބޯފޮޅީގެ ރެސިޕީއަކީ މުހައްމަދު އަމީންގެ "ކަރުނައާނުލާ ކެއްކުން 2"އިން ނަގާފައިވާ ރެސިޕީ އެކެވެ.
ބޭނުންވާ ތަކެތި
- 1 ޖޯޑު ހަނޑޫ
- ގަބުޅި ހުނި (2 ގަބުޅި)
- ހަކުރު (ރަހަލާވަރަށް)
- 1/2 ކާށި ބޯކިރު
- 1 ކުކުޅު ބިސް
ތައްޔާރު ކުރާނެ ގޮތް
- ހަނޑޫ އަދި ގަބުޅި އެއްކޮށް މިކްސްޗަރުން ފުނޑުމަށްފަހު ތަށްޓަކަށް އަޅައި އޭގެ ތެރެއަށް ހަކުރާއި ބޯކިރު އަދި ބިސް އެއްކޮށް ރަނގަޅަށް ގިރާލާށެވެ.
- ފުށްގަނޑު ރަނގަޅަށް އޮލަ ނޫންނަމަ ކުޑަ ފެންފޮދަކުން އޮލަ ހެޔޮވަރު ކުރާށެވެ.
- ފޮޅި ފިހާ ތަވާ ހޫނު ކުރުމަށްފަހު އުނދުޅިއަކުން ފުށްގަނޑު އަޅައި ފަހަރަކު ފޮޅިއެއް ފިހަމުން ގެންދާށެވެ. ތަވާގައި ބިސްކޮޅެއް އުނގުޅާލުމުން ތަތްލުން ކުޑަވާނެ އެވެ.
އީރާނަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި
ޒުވާނުންގެ މެދުގައި ކެންސަރު އިތުރު ވަމުން އަންނަ ސަބަބު!
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި