ރައީސް މުހައްމަދު މުއިއްޒު ގދ. ތިނަދުއަށް ވަޑައިގެން ދެއްކި ވާހަކަތައް ބިލާހަކަށް ވެފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތިނަދޫ ސިޓީ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާުޅުވީ ތިނަދޫގައި ފްލޯޓިން ރަންވޭއަކާއެކު އިންޓަނޭޝަނަލް އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ބިލާހަކަށް ވެފައިވާ ކަމަށެވެ.
"ފުރަތަމަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ވިދާޅުވީ މިރަށާއި ކާޑެއްދޫ އާއި ގުޅާލާ ވާހަކަ ބުރިޖަކުން. ޖެހިގެން 3 މަސްފަހުން ވަޑައިގެން ވިދާޅުވީ މިރަށުގައި ބިން ހިއްކައިގެން ފްލޯޓިންގ ޓަރމިނަލްއަކާ އެކީގައި، މި ސަރަހައްދުގައި ނެތްވަރުގެ ސިޓީއެއް ތިނަދޫގައި ގާއިމްކުރާ ވާހަކަ. އެ ވިދާޅުވާ އިންވެސްޓަރުން އަޅުގަނޑުމެންގެ ވެރިކަމުގައި ވެސް އައި. އަޅުގަނޑުމެން ބަލާ ހެދިން އެއީ ކޯއްޗެއްތޯ؟ ކުކުޅެއް ގެންގުޅޭ ބަޔަކަށް ކިހިނެއްތޯ ރަަށެއްގައި އެއާޕޯޓެއް އަޅައި ސިޓީއެއް ތަރައްގީ ކުރެވޭނީ،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ ރައީސް މުއިއްޒު ވަކިކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވާއިރު، އެއީ ކުރެވޭނެ ކަމެއްތޯ އަމިއްލަ ސިކުނޑިން ވިސްނަންޖެހޭ ކަމަށެވެ.
މާލެ އާއި ރަސްމާލެއާ ދެމެދު އަންޑާ ވޯޓާ ޓަނަލެއް އެޅުމާއި ތިން އަހަރު ތެރޭގައި ސަރުކާރުން 10 ރިސޯޓް ހަދައި ކޮންމެ ރައްޔިތެއްގެ އެކައުންޓަށް 400 ޑޮލަރު ޖަމާކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވާހަކަފުޅަކީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ސޯލިހު ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަމުގައި ތިނަދޫގައި ކުރިއަށްގެންދަން ފެށި ބައެއް މަޝްރޫއުތަކަށް ވެސް އެމަނިކުފާނު އަލިއަޅުވައިލެއްވި އެވެ. އެގޮތުން އިންޑަސްޓްރިއަލް ރަށެއް ތަރައްގީކޮށް ވިޔަފާރި ބަނދަރެއް ތަރައްގީކުރަން ފެށިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އޭގެ ދަށުން އިންޑަސްޓްރިއަލް ރަށެއް ތަރައްގީ ކުރީ. އޭގެ ދަށުން ވިޔަފާރި ބަނދަރެއް ތަރައްގީކުރަން ފެށީ. އޭގެ ދަށުން މިރަށުގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރަން ފެށީ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ވެސް ކުރަން ފެށީ، ރައްޔިތުންނާއި މަޝްވަރާކޮށްފައި ލަފާ ހޯދައިގެން ޕްލޭން ކޮށްގެން އެއަށް ބޭނުންވާ ފައިސާ ވެސް ހޯދައިގެން. އެކަން ކުރަން ފެށި އިރު އެއަށް ބޭނުންވާ ފައިސާ ވެސް ހުންނާނެ. އޭގެ ތެރެއިން ކޯލްޑް ސްޓޯރޭޖަކީ ސައުދީ ފަންޑުން ހޯދި ފައިސާއިން ކުރި ކަމެއް. ސައުދީ ފަންޑުން މަސްވެރިކަން ތަރައްގީ ކުރުމަށް މި ރަށުގެ އިތުރުން ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖާއި ކަނޑު އޮތްގިރީގެ މަސައްކަތްވެސް ހިމެނޭ،" ސޯލިހު ވިދާޅުވި އެވެ.
ގައުމަށް ހެޔޮބަދަލު ގެނެވޭނީ އަމަލުން ނަމޫނާ ދައްކައިގެން
ހަފްތާއަކު 48 ގަޑިއިރު ހަމަ ނުވާނަމަ ރޯދަމަހު އޯޓީ ނުދޭނެ
ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ މާފުކޮށް، ފައިސާގެ އިނާޔަތެއް
