އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނާއި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ މީހުންނަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިއަދު ހެނދުނު 10:00 އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އަދި މި ފުރުސަތު އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ދެމިއޮންނާނެ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅަންޖެހޭނީ، އެންމެ ފަހުން ބޭއްވި މަޖިލީސް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ މީހުން އެކަނި ކަމަށް އީސީން ބުނެއެވެ. ނަމަވެސް، މަޖިލީސް އިންތިހާބުގައި ރިސޯޓެއްގައި، ސިނާއީ މަސައްކަތްކުރާ ތަނެއްގައި، ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާނަމަ، މި އިންތިހާބުގައި އެ މީހުން ވޯޓުލާ ތަން ކަމަށް ކަނޑައެޅިފައި އޮންނާނީ އެމީހެއްގެ ދާއިމީ އެޑްރެހެވެ.
ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv މެދުވެރިކޮށް ނުވަތަ 1414 އަށް އެސްއެމްއެސް (VR space ID.No) ކޮށްގެން ޗެކް ކުރެވޭނެއެވެ. ރަޖިސްޓަރީވުމަށް އެދި ހުށަހަޅަންޖެހޭނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް https://form.elections.gov.mv މެދުވެރިކޮށް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އޮންލައިން ކޮށް ރީ-ރަޖިސްޓަރީވުމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަންގެ ހޮޓްލައިން 1414 އަށް ގުޅުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ދުވަހަކުވެސް ރަންވީރުއާ ނުގުޅޭނެ ކަމަށް އަނުޝްކާ ބުނީ ކީއްވެ؟
ރިސޯޓު ހަދަން ދޫކުރި ތަންތަން އަލުން ބީލަމަށް ހުޅުވާލައިފި
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮލާ ބިލް ފާސްކޮށްފި