މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު އެކްސިޑެންޓަކާ ގުޅިގެން 115,000ރ. ގެ ޖޫރިމަނާއެއް
މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ލިބުނު އަނިޔާތަކަކާ ގުޅިގެން މީހަކު 115،200ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ހދ. ކުޅުދުއްފުށީ، ރަސްރީތި، އަލީ މުހައްމަދުގެ މައްޗަށް އެ ހުކުމް އައީ ޖޫން، 2018 ވަނަ ދުވަހުގެ ދަންވަރު ބޮޑުތަކުރުފާނު މަގުގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުން އޭނާ ސައިކަލު ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، އެހެން ސައިކަލެއްގައި ޖެހި މީހަކަށް އަނިޔާވުމުންނެވެ.
އެ އެކްސިޑެންޓްގައި, ދެވަނަ ސައިކަލުގައި ދުއްވަން ހުރި ށ. މަރޮށި، އައްސޭރި، އިބްރާހިމް ވަސީމްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލައި، ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.
އެ މައްސަލާގައި އަލީމުހައްމަދުގެ މައްޗަށް ކުރި އަނިޔާއެއް ދިނުމުގެ ދައުވާގައި އޭނާ ވަނީ ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށްފަހު ކުށަށް އިއުތިރާފްވެފަ އެވެ.
އެހެންވެ, އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް އޭނާ ޖަލަށްލާން ހުކުމްކުރި ނަމަވެސް، ޖަލު ހުކުމުގެ ބަދަލުގައި 115،200ރ. އިން ޖޫރިމަނާކޮށް އެ ފައިސާ އިއްޔެ އިން ފެށިގެން 24 ދުވަހުގެ ތެރޭގައި ދައުލަތަސް ދެއްކުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ރޯގާގެ އަސަރު އެކި މީހުންނަށް އެކި ވަރަށް ކުރަނީ ކީއްވެ؟
އެމްޑީޕީގެ މެންބަރުން ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފި
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮލާ ބިލް ފާސްކޮށްފި