ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިއަދު ނެގި ވޯޓުގައި އެ ބިލު ފާސްކުރީ 72 މެންބަރުންގެ ވޯޓާއެކު އެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް އެ ވޯޓުގައި ބައިވެރިވި އެވެ.
އެ ބިލާ ދެކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާނެވެ.
މި ބިލް ފާސްކުރަން އުޅޭތީ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖުކޮށްފަ އެވެ. އިހްތިޖާޖުކުރުމުން ރިޔާސަތުން ވަނީ ނަން އިއްވައި އެ މެންބަރުން މަޖިލީހުގެ ތަޅުމުން ނެރެފަ އެވެ.
އެމްޑީޕީގެ މެންބަރުން ތުހުމަތުކުރާގޮތުގައި މިއީ ރައްޔިތުންގެ ބާރު ކަނޑުވާލައި ރައީސް މުހައްމަދު މުއިއްޒު ވެރިކަމުގައި ގިނަ ދުވަހު ހުންނެވުމުގެ ގޮތުން ކުރަން އުޅޭ ކަމެކެވެ.
ކަރަންޓު ހަރަދު ކުޑަ ކުރެވިދާނެ ފަސޭހަ ދެތިން ގޮތެއް!
ދުންފުހުން ރައްކާތެރިވެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި
ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެއްޖެ
