ޖެފްރީ އެޕްސްޓީން ހިންގި ކަމަށް ބުނާ ބްލެކްމެއިލް ކުރުމުގެ ނެޓްވޯކަކީ އޭނާ އަމިއްލައަށް އުފެއްދި އެއްޗެއް ނޫން ކަމަށާއި، އެއީ ކުރީއްސުރެ ހިނގަމުން އައި "އިންޓެލިޖެންސް އިންހެރިޓެންސް" ނުވަތަ ޖާސޫސީ ވާރުތައެއްގެ ތެރެއިން އޭނާއަށް ލިބުނު ކަމެއް ކަމަށް އާ ހޯދުންތަކުން ހާމަވެއްޖެ އެވެ.
މި އޮޕަރޭޝަނަކީ 1990 ގެ އަހަރުތަކުގެ ކުރިން ފެށިގެން ހިނގަމުން އައި ކަމެއްކަން މިހާރު ވަނީ ފާހަގަވެފަ އެވެ.
މި ނެޓްވޯކުގެ އަސްލު ގުޅިފައިވަނީ އެޕްސްޓީންގެ ބައިވެރިޔާ ޖިސްލޭން މެކްސްވެލްގެ ބައްޕަ، ރޮބާޓް މެކްސްވެލްއާ އެވެ. މީޑިއާގެ ވަރުގަދަ ޝަޚްސިއްޔަތެއްގެ ގޮތުގައި ފާހަގަކުރެވުނު ރޮބާޓް މެކްސްވެލްއަކީ އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑްގެ އިސް ޖާސޫސެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ.
ސިޔާސީ އިސް ފަރާތްތަކުގެ ނުފޫޒު ހޯދުމަށްޓަކައި ބޭނުންކުރާ "ކޮމްޕްރޮމެޓް" ނުވަތަ ބްލެކްމެއިލް ކުރެވޭނެ ފަދަ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ އޭނާ އެވެ.
ރޮބާޓް މެކްސްވެލް މަރުވުމަށްފަހު އޭނާ ވަޅުލާފައިވަނީ ގުދުސްގަ އެވެ. އޭނާގެ ޖަނާޒާ ބާއްވާފައިވަނީ ދައުލަތުގެ ފެންވަރުގައި ކަމަށްވާއިރު، އެ ޖަނާޒާގައި އިސްރާއީލުގެ ޖާސޫސީ އިދާރާތަކުގެ އިސްވެރިން ބައިވެރިވެފައި ވެއެވެ. އޭނާގެ މަރަށްފަހު، އޭނާގެ ދަރިފުޅު ޖިސްލޭން މެކްސްވެލް ވަނީ އެޕްސްޓީންއާ ގުޅިގެން މި "އާއިލީ ވިޔަފާރި" ނުވަތަ ޖާސޫސީ އޮޕަރޭޝަން އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ.
މި ހޯދުންތަކުން އެނގޭ ގޮތުގައި، މިއީ ހަމައެކަނި އިންސާނީ ވަގުފާރީގެ މައްސަލައެއް ނޫނެވެ. މިއީ އެތައް އަހަރަކަށް ދެމިގެން ގޮސްފައިވާ، ވަކި ދައުލަތެއްގެ އެހީތެރިކަމާއެކު ހިންގަމުން އައި ބްލެކްމެއިލް ކުރުމުގެ ބޮޑު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ ނުފޫޒުގަދަ ސިޔާސީ ފަރާތްތައް ކޮންޓްރޯލް ކުރުމެވެ.
ގްރޭޓާ އައްޑޫ އަކީ "އިންޑިއާ އައުޓް" ކަހަލަ ދަންތުރައެއް: ނިޒާރު
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަނުކޮށްފި