މަޝްހޫރު ކޭޕޮޕް ބޭންޑްގެ ކުރިއަށް އޮތް "ކަމްބެކް ކޮންސެޓް"އާއި ޑޮކިއުމެންޓްރީ ނެޓްފްލިކްސްއިން ވަގުތުން ދުރަށް ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ނެޓްފްލިކްސްއިން ކުރި އިއުލާންގައި ބުނެފައިވަނީ "ބީޓީއެސް: ދަ ރިޓާން"ގެ ނަމުގައި ގެނެސްދޭ ޑޮކިއުމެންޓްރީގެ އިތުރުން މާޗް މަހު ބާއްވާ އެ ބޭންޑްގެ ކޮންސެޓް ވެސް އެ ޕްލެޓްފޯމުން ލައިވް ސްޓްރީމް ކުރާނެ ކަމަށެވެ.
އަސްކަރީ ހިދުމަތަށް ދިއުމަށްޓަކައި ބީޓީއެސްގެ ކޮންސެޓުތައް މެދުކަނޑާލުމަށްފަހު ބާއްވާ އެންމެ ފުރަތަމަ ކޮންސެޓު އޮންނާނީ އަންނަ މަހުގެ 21 ވަނަ ދުވަހު ދެކުނު ކޮރެއާގެ ވެރިރަށް ސިއޯލްގަ އެވެ.
2010 ވަނަ އަހަރު ބިޓް ހިޓް އެންޓަޓެއިންމަންޓްގެ ދަށުން އުފަންވި ބީޓީއެސްއަކީ މިވަގުތު ކޭޕޮޕް މިއުޒިކް ދާއިރާގައި ހަރަކާތްތެރިވާ އެންމެ މަގުބޫލް އެއް ބޭންޑެވެ.
އެ ބޭންޑްގެ ކުރީގެ ލަވަތަކާއި އަލްބަމްތަކަށް ވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުއިރު ބޭންޑްގެ ފަސްވަނަ އަލްބަމް ވެސް މާޗް މަހުގެ 20 ވަނަ ދުވަހު ރިލީޒް ކުރާނެ އެވެ.
ދެކުނު ކޮރެއާގެ ޒުވާން ފިރިހެނުންނަށް މަޖުބޫރު ކުރެވިފައިވާ އަސްކަރީ ހިދުމަތަށް ދިޔަ އެ ބޭންޑްގެ އެންމެ ފަހު މެމްބަރުން އެ މުއްދަތު ފުރިހަމަ ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.
ބުންޑާ ކްލިފްސް: އޮސްޓްރޭލިއާއިން ފެންނަ އަޖާއިބެއް!
ބަންގްލަދޭޝްގައި ނިޕާ ވައިރަސް ޖެހިގެން މީހަކު މަރުވެއްޖެ
އީރާނުގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް