ބަރުދަން ލުއިކުރަން މަސައްކަތްކުރާ މީހުންގެ ފަރާތުން އެންމެ އާއްމުކޮށް އިވޭ އެއް ވާހަކައަކީ ބަނޑުގައި ޖަހާފައި ހުންނަ ސަރުބީ މަސްތައް ވިރުވަން އުނދަގޫކަމުގެ ވާހަކަ އެވެ.
ނިދަން އޮށޯތުމުގެ ކުރިން ތިރީގައިވާ ބުއިމުގެ ތަށްޓެއް ބޯލުމުން ނިދާފައި އޮންނަ ވަގުތުގައި ސަރުބީތައް ވިރުމުގެ މަސައްކަތް ފަށާނެ އެވެ. ޚާއްސަކޮށް ބަނޑުގެ ވަށައިގެން ހުންނަ މަހެވެ. މިކަމަށް ބޭނުންވާ އެއްޗިއްސަކީ ވެސް ހަމަ ވަރަށް ފަސޭހައިން ލިބެން ހުންނަ އެއްޗިއްސެވެ.
ކިއުކަމްބާ: މިއީ ހަށިގަނޑުގައި ހުންނަ ފެން މަދުވިޔަ ނުދީ ހިފަހައްޓާ އަދި ހަށިގަނޑުގައި ރައްކާކުރާ ސަރުބީތައް ވިރުވަން މަސައްކަތްކޮށްދޭނެ އެއްޗެކެވެ. ބަރުދަން ލުއިކުރުމުގެ އެއްވެސް ބުއިމަކުން ކިއުކަމްބާ އެއް އުންޏެއް ނުކުރެވޭނެ އެވެ.
ޕާސްލޭ ނުވަތަ ސިލަންޓްރޯ: މިއީ ވެސް ކެލޮރީޒް ދަށް އެންޓިއޮކްސިޑަންޓްސް، ވިޓަމިންސް އަދި މިނެރަލްސް އިން މުއްސަނދި ވެފައިވާ އެއްޗެކެވެ. މިއީ ހަށިގަނޑުގައި ޖަމާވެފައި ހުންނަ އިތުރު ފެންތައް ބޭރުކޮށްލަދީ ބަނޑު ހިންދާލަދޭނެ އެއްޗެކެވެ.
އިނގުރު: އިނގުރަކީ ހަވާދުތަކުގެ ތަކުގެ ތެރެއިން އެންމެ ގިނަގުނަ ފައިދާ އެކުލެވޭ އެކައްޗެވެ. މެޓަބޮލިޒަމްގެ މަސައްކަތް ހަލުވި ވުމުގެ އިތުރުން ހަޖަމުކުރުމުގެ ނިޒާމުގެ ސިއްހަތު ވެސް ރަނގަޅުކޮށްދޭނެ އެވެ.
ލުނބޯ ހުތް: މިއީ ހަށިގަނޑުގައިވާ ވިހައިގެ މާއްދާތައް ހަށިގަނޑުން ބޭރުކޮށްދީ އިތުރަށް ހުންނަ ސަރުބީ އާއި ހަޖަމުކުރުމުގެ ނިޒާމުގައި ހުންނަ ހުރިހާ ނުސާފުކަމެއް ސާފުކޮށްލަދޭނެ އެއްޗެކެވެ.
އަލޯ ވެރާ ޖޫސް: މިއީ އެންޓިއޮކްސިޑަންޓްސް އިން މުއްސަނދިވެފައިވާ އެއްޗެކެވެ. ބަނޑުގައި ދުޅަ އުފެދި ބަނޑު ފުއްޕުން ފަދަ ކަންތައްތައް ދިމާވާން މެދުވެރިވާ ފްރީ ރެޑިކަލްސް އުފެދުން މަދުކުރުމަށް މީގެން އެހީތެރިވެދެ އެވެ.
ބޭނުންވާ ތަކެތި
- 1 ލުނބޯ
- 1 ކިއުކަންބާ
- 1 މޭޒުމަތީ ސަމުސާ ގާނާފައި ހުރި އިނގުރު
- 1 މޭޒުމަތީ ސަމުސާ އަލޯ ވެރާ ޖެލް
- ސިލަންޓްރޯ ނުވަތަ ޕާސްލޭ ފަތް ބޮނޑިއެއް
- ބައި ތަށި ފެން
ތައްޔާރު ކުރާނެ ގޮތް
ހުރިހާ އެއްޗެތި ބްލެންޑާ އަށް އަޅާފައި ގިރާލާށެވެ. އަދި ނިދަން އޮށޯތުމުގެ ކުރިން މި ބުއިމުގެ އެއްތަށި ބޮއެގެން އޮންނާށެވެ.
މައިކަލް ޖެކްސަން ބައޮޕިކްގެ ޓްރެއިލާ ނެރެފި
އެމްޓީވީ މޮބައިލް ސްޓްރީމިންގެ ހިދުމަތް ދިރާގުން ތައާރަފްކޮށްފި
ވޯލްޑް ކަޕް ބޮއިކޮޓް ނުކުރާނެ ކަމަށް ޖަރުމަނުން ބުނެފި