މިދިޔަ ޑިސެމްބަރު މަހު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ދުރަންދަރް"އަށް ލިބުނު ބޮޑު ކާމިޔާބަށްފަހު އެ ފިލްމުގެ ދެވަނަ ބައިގެ މަސައްކަތް ފަށައިފި އެވެ.
"ދުރަންދަރް: ދަ ރިވެންޖް"ގެ ނަމުގައި ގެނެސްދޭ އެ ފިލްމުގެ ފުރަތަމަ ޓީޒާ މިހާރު އާއްމުކޮށްފައިވާއިރު ޓީޒާއިން ވެސް ޝައުގުވެރި އެތައް ކަމެއް ފެނިގެންދެ އެވެ.
ފުރަތަމަ ބައިގެ ވާހަކައާ ގުޅުވައިގެން ގެނެސްދޭ އެ ފިލްމުގައި ފެނިގެންދާނީ ރަންވީރު ސިންހްގެ ކެރެކްޓަރު ހަމްޒާ އޭނާއަށް ކުރިމަތިވި ކަންކަމަށް ބަދަލު ހިފަން ކުރާ ދަތުރެވެ.
"ދުރަންދަރް"ގެ ފުރަތަމަ ފިލްމު އަދިވެސް ސިނަމާތަކުގައި ދައްކަމުން އަންނައިރު އެ ފިލްމު ވެގެން ގޮސްފައިވަނީ ބޮލީވުޑްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް ފިލްމަށެވެ.
އެގޮތުން އެ ފިލްމުގައި ރަންވީރުގެ އިތުރުން އަކްޝޭ ހަންނާ ދައްކުވައިދިން އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ. ފުރަތަމަ ފިލްމުގެ ނިންމުމުގައި އަކްޝޭގެ ކެރެކްޓަރު މަރުވި ނަމަވެސް ދެވަނަ ފިލްމުގައި ވެސް އޭނާ ފެނިގެންދާނެ ކަމަށް ލަފާކުރެވެ އެވެ.
ހިންދީ ބަހުގެ އިތުރުން ވެސް އެހެނިހެން ބަސްތަކުން ޑަބް ކުރެވިގެން ރިލީޒް ކުރަން ހަމަޖެހިފައިވާ "ދުރަންދަރް 2" ސިނަމާތަކަށް އަންނާނީ މާޗް މަހުގެ 19 ވަނަ ދުވަހު އެވެ.
މައިކަލް ޖެކްސަން ބައޮޕިކްގެ ޓްރެއިލާ ނެރެފި
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
ކެއުމުގައި ލުނބޯ ހިމަނަންވީ މިހެންވެ!