މި އަހަރު އުތުރު އެމެރިކާގެ ތިން ގައުމު ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ފީފާ ވޯލްޑް ކަޕް މުބާރާތަށް ދާ ޕޯޗުގަލް ގައުމީ ޓީމުގެ ފައިނަލް ސްކޮޑުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު ރޮބާޓޯ މާޓިނޭޒް އާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފައިވަނީ މިފަހަރުގެ ވޯލްޑް މުބާރާތަށް ދާ ޕޯޗުގަލް ގައުމީޓީމުގެ ސްކޮޑުން ރޮނާލްޑޯއަށް ޖާގަ ލިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް މާޓިނޭޒް ބުނެފައިވާ ކަމަށެވެ.
އެއްފެންވަރެއްގެ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބި ޕޯޗުގަލް ޓީމުން ރޮނާލްޑޯ އަށް ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާއިރު، ކޯޗު މާޓިނޭޒް ބުނީ ވޯލްޑް ކަޕަށް ދާ ޓީމުގެ ފައިނަލް ސްކޮޑް ނަގާއިރު، ކުޅުންތެރިން ހޮވުމުގައި ބަލާނީ އެ ކުޅުންތެރިން ކުރިން ހޯދާފައިވާ ކާމިޔާބީތަކަށް ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި ބަލާނީ ކުޅުންތެރިޔާގެ މިހާރުގެ ފޯމަށާއި، ފިޓްނަސް އަދި ޓީމުގެ ބެލެންސަށް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ވޯލްޑް ކަޕަށް ކޮލިފައި ވުމަށް ޕޯޗުގަލް ކުޅުނު ހުރިހާ މެޗެއްގައި ވެސް މާޓިނޭޒް ވަނީ ރޮނާލްޑޯގެ ބޭނުން ފުރިހަމައަށް ހިފާފަ އެވެ. އަދި ފުރަތަމަ އެގާރައިން ރޮނާލްޑޯ އަށް ފުރުސަތު ދީފައި ވެސްވެ އެވެ.
ގިނަ ބައެއްގެ ފާޑުކިޔުންތައް ރޮނާލްޑޯއަށް އަމާޒުވަމުން ދިޔަ ނަމަވެސް ރޮނާލްޑޯ ދިފާއުކޮށް އެންމެ ގިނައިން ވާހަކަދައްކާ އެއްފަރާތަކީ ވެސް ޕޯޗުގަލް ކޯޗު މާޓީނޭޒް އެވެ. އޭނާ މީގެ ކުރިން ވެސް ބުނެފައިވަނީ ރޮނާލްޑޯ އަކީ ޕޯޗުގަލް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށެވެ.
ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރަށް ކުޅެނުން އަންނަ އުމުރުން 40 އަހަރުގެ ރޮނާލްޑޯ އަދިވެސް ދަނީ އޭނާގެ ހުނަރު ސާބިތުކޮށްދީ، އެންމެ މަތީ ފަންތީގައި ވާދަކޮށް، ކޮންމެ ފުރުސަތަކަށްޓަކައި މަސައްކަތް ކުރަމުންނެވެ. އަދި އުމުރަކީ ހަމަ އެކަނި ނަމްބަރެއް ކަމަށާއި އަދި ވެސް އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅުމުގައި ހިފަހައްޓާ ލެވޭނެ ކަމަށް ރޮނާލްޑޯ ގަބޫލުކުރެ އެވެ.
ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި
ވެރިމީހާގެ ހުރިހާ މުދަލެއް ބުޅަލަކަށް؟
އެމްޑީޕީން ދެން މަސައްކަތް ކުރަން ވީ 2028 ވެސް ކާމިޔާބު ކުރަން
މޮޅު ވާހަކަ ނުދައްކާ ރޮނާލްޑޯ ނެތި މިފަހަރު ވޯލްޑުކަޕް ނުކުޅޭނެ
ރިޕްލައި