ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ދިރާގުގެ "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ދަށުން ދޭ ފުރަތަމަ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ ހޮވައިފި އެވެ.

މި ނަސީބުވެރި ފަރާތް ހޮވައިފައި ވަނީ، "ވިން 2 ސްޕީޑްބޯޓް" ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވުމަށް ހުޅުމާލެ ފޭސް 2 ދިރާގު ބީޗުގައި މިއަދު ހަވީރު ބޭއްވި ފޯރިގަދަ އިވެންޓެއްގަ އެވެ.

ދިރާގު މޮބައިލް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގި މި ގުރުއަތުން، އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު ހާސިލްކުރި ފަރާތަކީ އަބްދުﷲ ސައީދު، ކ. މާލެ އެވެ.

މި ގުރުއަތުގެ މަރުހަލާ އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސް ބެލެހެއްޓުމަށްޓަކައި ދިރާގުން ވަނީ ތިން ވަނަ ޕާޓީ އޮޑިޓަރެއްގެ ގޮތުގައި ނެކްސާ މޯލްޑިވްސް އައްޔަންކޮށްފަ އެވެ. މި ގޮތުން ނެކްސާ މޯލްޑިވްސް އިން ވަނީ ގުރުއަތުގެ މަރުހަލާގެ ހުރިހާ ކަމެއް ގާތުން ބަލައި ގުރުއަތު ނެގި ވަގުތު އެ ތަނުގައި ހަރަކާތްތެރިވެފައި ކަމަށް ދިރާގުން ބުންޏެވެ.

"ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ގުރުވަތު އިވެންޓުގައި ޑީޖޭ މީކާގެ ހުށަހެޅުމެއްގެ އިތުރުން ރޮބޯމޭންގެ ފޯރިގަދަ ހަރަކާތްތަކެއް ވަނީ ފެނިގެން ދިޔަ އެވެ. މި އިވެންޓްގެ ގުރުއަތު ނެގުމުގެ ބައި ވަނީ ޓީވީއެމް އާއި އެސްއެސްޓީވީ، އަދި ދިރާގު ފޭސްބުކް އާއި ޔޫޓިއުބްއިން ލައިވްކޮށްފަ އެވެ.

ދިރާގަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފަދަ ހާއްސަ އަދި އަގުހުރި ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ދިރާގުގެ ކަސްޓަމަރުން ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންދާ ކުންފުންޔެއްކަން ފާހަގަކޮށްލެވެ އެވެ.