ސަރަހައްދީ އެއާލައިނެއް ހަދައި، އެ އެއާލަައިނުގެ ހަބަކަށް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހަދަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ނަޝީދު މިހެން ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދަން ރައީސް މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުންދާ ކަމަށް އިންޑިއާގެ ނޫހެއްގައި ރިޕޯޓްކޮށްފައި ވަނިކޮށެވެ.
"ހަނިމާދޫ އެއާޕޯޓަކީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހަދައި އެ އެއާލައިންއާ ގުޅިގެން އެ އެއާޕޯޓު ހިންގުމުން ދިވެހިންނަށް ލިބޭނެ ފައިދާ ބޮޑުވާނެ. މުޅި އުތުރުގެ ތަރަައްގީއަށް ފަހިވާނެ،" ނަޝީދު ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓު ހިންގަން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރަން އުޅޭ ވާހަކަ ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ހިންގާނީ ދިވެހީން ކަމަށެވެ.
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!
އިތުރު ވަސީލަތްތަކާއެކު ރަސްފަންނު ތަރައްގީކުރަން ފާސްކޮށްފި
އެމެރިކާއިން އަލުން ހަމަލާ ދޭނަމަ ރައްދު ވަރުގަދަވާނެ: އީރާން
