ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.
މިއަހަރުގެ ޖުލައި މަހުގެ 30 ގައި ވެސް ރައީސް ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަތެވެ. އެ ދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގެންނެވީ އޮގަސްޓު 5 ގައެވެ.
އޭގެ ކުރިން، މިއަހަރުގެ ޖޫން މަހުގެ 29އިން ފެށިގެން ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި އެ މަނިކުފާނު ހަތަރު ދުވަސް ހޭދަކުރެއްވި އެވެ.
ރައީސް ވަނީ އެ ދަތުރުފުޅުގައި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްއާއި އެ ގައުމުގެ ވަޒީރުންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން މުހިންމު ފަހުމުނާމާތަކެއްގައި ވަނީ ސޮއުކޮށްފަ އެވެ.
އުފާވެރި ކައިވެންޏެއްގެ ސިއްރު އަބީޝޭކް ބުނެދީފި
ނާޒިމްގެ ބަދަލުގައި 241 ކޮމިޓީއަށް ހަމަދު، މާލިއްޔަތަށް ޒަމީރު
އެމެރިކާގެ ނޭވީ ސެކްރެޓަރީ މަގާމުން އިސްތިއުފާ ދީފި
