ވައްކަމެއް ކުރި ކަމަށް ތުހުމަތު ކުރެވުނު މީހަކަށް ބަޔަކު އަނިޔާކޮށް މޫދަށް އެއްލާލައިފި އެވެ.
އޭނާ މޫދަށް އެއްލާލާ މަންޒަރު ފެންނަ ވީޑިއޯއެއް ރޭ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ ބިންމައްޗަށް ވައްޓާލައިގެން ބައެއް މީހުން އަނިޔާކުރެ އެވެ.
ސޭފްޓީ ބޫޓަކަށް އަރައިގެން ހުރި މީހަކު އެ މީހާގެ އަތަށް އަރައި ފިއްތާލާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.
ހުސްގަޔާ ހުރި އެ ދިވެހި މީހާ ދަމާފައި ގޮސް މޫދަށް އެއްލާލާ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިނުވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ސަމާލުކަމަށް އެކަން އައުމުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ނާޒިމްގެ ބަދަލުގައި 241 ކޮމިޓީއަށް ހަމަދު، މާލިއްޔަތަށް ޒަމީރު
ސްޕީޑްބޯޓުގެ ނަސީބުވެރި ފަރާތް އިއުލާންކުރުން ޖޫން މަހު
އިޒްރޭލާއި އެމެރިކާއަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު
