ބާވެ، ހަލާކުވެ ނައްތާލަން ބޭނުންވެފައި ހުރި އުޅަނދުތަކުގައި ޖޫރިމަނާތައް ހުއްޓަސް، އެ އުޅަނދުގެ ރަޖިސްޓްރީ ބާތިލުކޮށްދޭން ޓްރާންސްޕޯޓު މިނިސްޓްރީން ނިންމައިފިއެވެ.
މިކަން ހާމަކޮށް ޓްރާންސްޕޯޓް މިނިސްޓްރީން ހޯމަ ދުވަހު ކުރި އިއުލާނުގައި ބުނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ބާވެ ހަލާކުވެ ނައްތާލަން ބޭނުންވާ ހާލަތްތަކުގައި، އުޅަނދުގެ ރަޖިސްޓްރީ ބާތިލްކުރުމާއި އުޅަނދު ނައްތާލުމުގައި ބައެއް މީހުންނަށް ދަތިތައް ދިމާވާ ކަމަށެވެ. އެހެންވެ، އެކަމަށް ލުޔެއް ހޯދައިދޭން ނިންމައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން، އެފަދަ އުޅަނދުތަކުގެ އަހަރީ ފީތަކާއި ޖޫރިމަނާތައް ހުރި ނަމަވެސް، އަންނަ ޖެނުއަރީ މަހުން ފެށިގެން ރަޖިސްޓްރީ ބާތިލުކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެކަމަކު، އެ އުޅަނދެއްގެ ނުދައްކާ ހުރި އަހަރީ ފީއާއި ޖޫރިމަނާއަކީ ވެރިފަރާތުން ދައުލަތަށް ދައްކަން ޖެހޭނެ އެއްޗެއްކަން ޓްރާންސްޕޯޓު މިނިސްޓްރީން ފާހަގަކުރި އެވެ.
އަމިއްލައަށް އެދިގެން, އުޅަނދު ނައްތާލަން ބޭނުންވާ ފަރާތްތަކަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އުޅަނދު ނައްތާލަން އެދި ހުށަހަޅާ ފޯމުގައި، އުޅަނދުގެ ރެޖިސްޓްރޭޝަން ބާތިލުކުރަން ވެސް އެދެން ޖެހެ އެވެ.
ފާހަގަކުރެވޭ ގޮތުގައި، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި އުޅަނދުތައް މާލޭގެ އެކި މަގުތަކަށް ދޫކޮށްލާފައި ހުރެ އެވެ. އެ ކަމުގެ ސަބަބުން މަގުތައް ބޭނުންކުރާ މީހުންނަށް އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހެ އެވެ.
އެ މައްސަލައަށް ހައްލެއް ގެނައުމަށް މިހާރު ވެސް އިދާރާތަކުން އަންނަނީ، ބޭނުންނުކޮށް ގިނަ ދުވަސްވީ އުޅަނދުތައް މަގުތަކުން ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
ހުޅުމާލެ ދެވަނަ ފިޔަހީގެ އާ މިސްކިތް ހުކުރު ދުވަހު ހުޅުވަނީ
ސަރުކާރު ކުންފުނިތަކުގެ ޒިންމާއަކީ ސިޔާސީ އެޖެންޑާއަށް ހަދައިފި
ހިރިމަރަދޫގައި މީހުން އުޅެނިކޮށް ކައުންސިލް އުވާލިކަމުގެ ތުހުމަތު