ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މާބަނޑު މީހުންނާއި ތުއްތު ކުދިންނަށް ކުރިން ހީކުރެވިފައި އޮތް ވަރަށް ވުރެ ބޮޑު ގެއްލުމެއް ލިބޭ ކަމަށް އިނގިރޭސިވިލާތުގެ ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
ކޮވިޑް ޖެހިއްޖެނަމަ މާބަނޑުމީހުންނަށް ކުރިމަތިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ދުވަސް ނުފުރާ ވިހެއުމާއި، ލޭގެ ޕްރެޝަރު މަތިވުމާއި ގުނަވަންތައް ފެއިލްވުމުގެ އިތުރުން އައިސީޔޫ ފަރުވާ ބޭނުންވުން ހިމެނެ އެވެ.
ދުނިޔޭގެ 18 ގައުމެއްގެ 2100 އަށްވުރެ ގިނަ މާބަނޑު މީހުންގެ މެދުގައި ކުރެވުނު މި ދިރާސާގައި އެހެން އަންހެނުންނާ އަޅާބަލާއިރު ހާލު ގޯސްވުމުގެ ފުރުސަތު 50 ޕަސެންޓް ބޮޑުވުމުގެ ފުރުސަތު ބޮޑު ކަމަށް ވަނީ ދައްކާފަ އެވެ.
މީގެ އިތުރުން ސިޒޭރިއަން ހެދުމުގެ ސަބަބުން ތުއްތު ކުދިންނަށް ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑުވެ އަވަސް ފަރުވާ ބޭނުންވުން ގާތް ކަމަށްވެސް މި ދިރާސާގައި ބުނެފައިވެ އެވެ.
އެހެން ނަމަވެސް ހޯދުންތަކުން ދައްކާ ގޮތުގައި ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާ މައިން ގާތުން ކިރުދިނުމުގެ ނުރައްކަލެއް ކުޑަ ކުދިންނަކަށް ނެތެވެ. -- ރޮއިޓާސް
ދުނިޔޭގެ އެންމެ އަގުބޮޑު ބީޗްތަކުގެ ތެރޭގައި އދ. ދިގުރަށް
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ބައްޕަގެ ބިރު: ޔޫސުފް ޚާން ދިލިޕް ކުމާރަށް ބަދަލުވި ގޮތް!