ކުރިއަށްއޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.
ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން ވަނީ ނ އަތޮޅުން ފެށިގެން ތ އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފަ އެވެ.
މެޓުން ވަނީ މިއަދު ހެނދުނު 7:00 އިން ފެށިގެން 13:00 އަށް އަށް އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފަ އެވެ.
މެޓް އޮފީހުގެ މޫސުމާބެހޭ މައުލާމާތުތަކުން ދައްކާގޮތުން ކުރިއަށްއޮތް 24 ގަޑިއިރު، ދެކުނަށް މޫސުން ރަނގަޅު ނަމަވެސް، އުތުރުގެ އަތޮޅުތަކަށާއި މެދުރާއްޖެ ތެރޭގެ ރަށްތަކަސް ވިއްސާރަކުރާނޭކަމަށް ބެލެވެ އެވެ.
ސުކޫލުތަކުގެ ޓެސްޓްތައް ނިމި، ގިނަ ބަޔަކު ބަންދުގައި އެކި ރަށްރަށަށް ފުރަން ތައްޔާރުވެފައިވާއިރު، މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ.
އަމިއްލަ ޖަނެރޭޓަރަކުން ކަރަންޓް ދީގެން ބޮޑު ޖަލްސާ ބާއްވަނީ
އުކުޅަހުން ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ
މި ފޮޓޯތަކުން އަސްލު ތަރިން ފާހަގަ ކުރަން އެނގޭތަ؟