ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަތިން ޕޮއިންޓް ލިބިގެން ފްލެޓް ލިބިފައިވަނިކޮށް، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ފްލެޓް އަތުލި އެކަނިވެރި މަޔަކު އޭނާގެ އުދާސްތައް ލައިވް ޓީވީގައި ބަންޑުންކޮށްލައިފިއެވެ.
ގަލޮޅަށް ނިސްބަތްވާ އެ އަންހެން މީހާ އެ ޝަކުވާ ބަންޑުންކޮށްލީ ރައީސް މުއިއްޒު ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލުވުމުގަ އެވެ.
އެ އަންހެން މީހާ ބުނީ އޭނާ އަކީ އަތޮޅުތެރޭގައި ވެސް ބޯހިޔާވަހިކަމެއް ހުރި މީހެއް ނޫން ކަމަށެވެ. އަދި އޭނާ މާލޭގައި ދިރިއުޅޭތާ އެތަކެއް އަހަރު ވެފައިވާ ކަމަށާއި ނަމަވެސް މާލޭގައި ދިރިއުޅޭތާ 15 އަހަރު ނުވާ ކަމަށް ބުނެ ނުހައްގުން މި ސަރުކާރުން ފްލެޓް އަތުލާފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.
މިދިޔަ ސަރުކާރުން އޭނާއަށް 80 ޕަސެންޓަށްވުރެ މަތިން މާކްސް ލިބުނެވެ. އޭނާއަށް މިދިޔަ ސަރުކާރުން ވަނީ ފްލެޓްގެ އެގްރީމެންޓް ވެސް ދީފަ އެވެ. އަދި އޭނާގެ ހަތަރު ދަރިން އެބަތިބި ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ލިބުނު މީހުންގެ ލިސްޓް ރިވިއުކުރަނީ ކަމަށް ބުނުމަށްފަހު ފަހުން ވަނީ މިދިޔަ ސަރުކާރުން އެކުލަވާލި ލިސްޓަށް ފްލެޓް ދޭން ނިންމި ކަމަށް އިއުލާންކޮށްފަ އެވެ. މި ސަރުކާރުން ގެނައި ބަދަލު ހިމެނޭ ލިސްޓް ވަނީ ސިއްރުކޮށްފަ އެވެ. އަދި ސަރުކާރުގެ ބައެއް އިސްވެރިން ފްލެޓަށް ފޯމު ހުށަހެޅި ބައެއް މީހުންނަށް ގުޅައި ރިޝްވަތު ހުށަހަޅާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ.
މޭކަޕް ކުރާއިރު ސަމާލުވާންޖެހޭ ދެތިން ކަމެއް!
24 ގަޑިއިރު ނުވަނީސް ޝައިހްއަށް އެހީ ލިބިއްޖެ
"ސިލްސިލާ"އަށްފަހު އަމީތާބާއި ރޭކާ އެކުގައި ނުފެނުނީ ކީއްވެ؟
