ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަން ހަރުދަނާ ކުރުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.
ޕީސީބީ އިން ބުނީ މިގޮތަށް ނިންމީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަން ހަރުދަނާކުރުމާއި ގުޅޭގޮތުން ބޭއްވި އެ ބޯޑުގެ 30 ވަނަ ޖަލްސާއިން ކަމަށެވެ.
ޕީސީބީގެ ބޯޑުން ނިންމާފައި ވަނީ ކުންފުނީގައި ރިސްކް މެނޭޖްމަންޓް ފަންކްޝަން (ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ނުވަތަ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓްގެ ތެރޭގައި) އެކުލަވާލެވިފައިވާކަން ކަށަވަރު ކުރުމަށާއި އެގޮތަށް އެކުލަވާލެވިފައި ނުވާނަމަ ވީ އެންމެ އަވަހަކަށް ރިސްކް މެނޭޖްމަންޓް ފަންކްޝަން އެކުލަވާލުމަށް އެންގުމަށެވެ.
އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަންގެ މަސައްކަތްތައް އަދާކުރުމަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަތުމަށް ނީޑް އެސެސްމަންޓް ހަދައި އެ ފަންކްޝަނަށް ބޭނުންވާ އެންމެ އެކަށޭނަ އަދަދަށް މުވައްޒަފުން ތިބިކަން ކަށަވަރު ކުރުމަށާއި، އަދި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި މުވައްޒަފުން ހޯދަންޖެހޭ ހާލަތްތަކުގައި ވެސް، މެނޭޖްމަންޓް މުވައްޒަފުންނަށް ވުރެ އަމަލީ ގޮތުން މަސައްކަތް ކުރާ ފަންނީ މުވައްޒަފުން ނެގުމަށް އިސްކަންދިނުމަށް ވަނީ އަންގާފަ އެވެ.
ކުންފުނީގެ ފަރާތުން ކުންފުނީގެ އިންޓާނަލް އޮޑިޓަށް، ޕްރޮކިއުމަންޓް ރިޕޯޓް ގައިޑްލައިންގައިވާ ގޮތަށް ގަވައިދުން ހިއްސާ ކުރުމަށް އަންގާފައިވެ އެވެ. އަދި ކުންފުނިތަކުން ހިއްސާކުރަމުންދާ ކުއާޓާލީ ފައިނޭންޝަލް ރިޕޯޓާއި، އަދި އެއާ ގުޅޭ ލިޔެކިޔެންތައް ހިއްސާކުރާއިރު ކުންފުނީގެ އިންޓާނަލް އޮޑިޓަށް ވެސް ހިއްސާކުރުމަށް ޕީސީބީން ވަނީ އަންގާފަ އެވެ.
ސަރުކާރު ކުންފުނިތަކުގެ ނަމޫނާ ހިންގާ ގަވައިދުގެ 41 ވަނަ މާއްދާގައިވާ ގޮތަށް ކުންފުނިތަކުގެ އޮޑިޓް ކޮމިޓީގެ ނަން "އޮޑިޓް އަދި ރިސްކް ކޮމިޓީ"ގެ ނަމަށް ބަދަލުކޮށްފައިވާ ކަން ކަށަވަރުކުރުމާއި އެގޮތަށް އަމަލު ކޮށްފައި ނުވާނަމަ ވީ އެންމެ އަވަހަކަށް މި ބަދަލު ގެނައުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޕީސީބީގެ ބޯޑުން އަންގާ އެންގުންތަކާއި އުސޫލުތަކާއި ގައިޑްލައިންތަކަށް ކުންފުނިން އަމަލު ކުރާވަރު ދެނެގަނެ މަދުވެގެން އަހަރަކު އެއް ފަހަރު ކޮމްޕަލަޔަންސް އޮޑިޓް/ ރިވިއުއެއް ހަދައި ކުންފުނީގެ ބޯޑަށް، ނުވަތަ ކަމާބެހޭ ބޯޑުގެ ކޮމިޓީއަށް ކުންފުނީގެ އިންޓާނަލް އޮޑިޓުން ހުށަހަޅައި، އިސްލާހު ކުރަންޖެހޭ ކަންތައްތައްތަކާއި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތައް ހިމެނޭހެން ކުންފުނީގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ މެކޭނިޒަމްއެއް ކުންފުނީގެ އެތެރޭގައި ގާއިމުކުރުމަށް ޕީސީބީން ވަނީ ކުންފުނިތަކައް އަންގާފަ އެވެ.
ޕީސީބީ އިން ވަނީ އެކަންކަމުގެ ތެރެއިން ބަދަލު ގެންނަންޖެހޭ ކަންތައްތައް ބަދަލު ކުރުމުގެ މަސައްކަތް އަންނަ މަހުގެ 31ގެ ކުރިން ނިންމުމަށް އަންގާފަ އެވެ.
13.6 މިލިއަން ރުފިޔާގެ ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ދައުވާ
އަހަންނަކީ އެހާ މޮޅު އެކްޓަރެއް ނޫން: ސަލްމާން
ވަކި ކައުންސިލްތަކަށް އަމާޒުކޮށްގެން އޮޑިޓު ކުރަނީ