ދުޅަހެޔޮ ސިއްހަތަކަށް ފެނަކީ ވަރަށް މުހިއްމު އެއްޗެކެވެ. ބައެއް ހޯދުންތަކުން ތަކުން ދައްކާ ގޮތުގައި ހޫނުފެން ބުއިމުގެ ސަބަބުން ކާތަކެތި ހަޖަމުކުރުމަށް ފައްސޭހަވެ އެވެ.
ފެނަކީ ހަޖަމު ކުރުމުގެ ނިޒާމުގައި ކާއެއްޗެހި ދައުރު ކުމަށް އެހީތެރިވާ އެއްޗެކެވެ. މި ނިޒާމުގައި ރަނގަޅަށް ފެން ދައުރުވާނަމަ ހަށިގަނޑުގައި އުފެދޭ ބޭކާރު މާއްދާތައް ބޭރުކުރުމަށް އިތުރު ބާރެއް ލިބިގެންދެ އެވެ.
ދިރާސާތަކުން ބުނާ ގޮތުގައި އާދައިގެ ފެނަށްވުރެން ތާފަނާ ފެން ބުއިމުން ހަޖަމުކުރާ ނިޒާމުގެ މަސައްކަތް އިތުރަށް ރަނގަޅު ކޮށްދެ އެވެ.
ހޫނުކޮށް ފެން ބުއިމުން، ގޮހޮރުގައި ހަޖަމު ނުވެ ހުންނަ ކާތަކެތި މަޑުކޮށްދީ ހަޖަމުކުރުމަށް ފަސޭހަވެގެންދެ އެވެ. މީގެ ސަބަބުން ބޮޑުކަމުދިއުމުގެ އުނދަގޫތަކަށް ލުޔެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން ވެސް ހޫނުފެނުން ގިނަ ފައިދާތަކެއް ލިބޭ ކަމަށް ސިއްޚީ މާހިރުން ވިދާޅުވެ އެވެ. އޭގެ ތެރޭގައި ރޯގާ ޖެހި ނޭފަތް ބެދުމުން ސަލާމަތް ކޮށްދިނުމާއި ހަށިގަނޑުގައި ލޭ ދައުރުވުން ރަނގަޅު ކޮށްދިނުމުގެ އިތުުން ބަނޑު ހަރުވުމުން ސަލާމަތް ކޮށްދެ އެވެ.
އެހެން ކަމުން ކޮންމެ އިރެއްގެ ވެސް ކެއުމަށްފަހު ހޫނު ފެން ތަށްޓެއް ބޯލުމަކީ ދިގު މުއްދަތުގައި އެކަމުން ސިއްހަތަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެކެވެ.
މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި
ފާހާނާ ތަށްޓަށްވުރެ ތި ބޫޓުގައި ޖަރާސީމު ގިނަކަން އެނގޭތަ؟
ކަޅުބާޒާރުގައި ވޯލްޑް ކަޕް ޓިކެޓުގެ އަގު 16،000 ޑޮލަރުން މަތީގަ