ފުއްޕާމެޔަށް ޑީސަލް އެޅި ވެމްކޯގެ މުވައްޒަފަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވެމްކޯ އިން ބުނީ އެ ކުންފުނީގެ މުވައްޒަފަކު ހަމަކުން ޑީސަލް ނަގަން، ހޮޅިއެއް ލައި އަނގަ ޖަހައި ދަމާލި ވަގުތު ޑީސަލް ބޮވި ފުއްޕާމެޔަށް ޑީސަލް އެޅިފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގުމާ އެކު ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މިހާރު އެ މުވައަޒަފަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި،" ވެމްކޯގެ އޮފިޝަލަކު ވިދާޅުވިއެވެ.
އެ ހާދިސާ ހިނގީ ވެމްކޯގެ ގއ. ދިޔަދޫ ސައިޓްގައި އެވެ.
އެ މުވައްޒަފަށް ފަރުވާ ދޭން އިމަޖެންސީގައި ވަގުތުން ގެންދިޔައީ އެ އަތޮޅު ވިލިނގިލިގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލަށެވެ. ނަމަވެސް އެ ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެވެން ނެތުމުން އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
ބޮލުން ހަން ފޮޅުމަށް ގޭގައި ދެވިދާނެ ފަރުވާތަކެއް!
ރައްޓެއްސަކާއެކު ހިނގާލުމުން ގިނަ ފައިދާތަކެއް!
