ޖުވާ ކުޅުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ޖުވާ ކުޅުމާއި، ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
ޖުވާ ކުޅުމަކީ ރާއްޖޭގައި މިހާރު ވަރަށް އާންމު ކަމެކެވެ. ރާއްޖޭގައި މިކަން ގިނައިން ޖުވާ ކުޅެނީ އޮންލައިންކޮށެވެ. ގިނަ އަދަދެއްގެ ޒުވާނުން ވެސް ވަނީ މި ނުބައި ވަބާގައި ޖެހިފަ އެވެ.
ނަމަވެސް މިކަން ހުއްޓުވުމަށްޓަކައި އެއްވެސް މުއައްސަސާއަކުން މިހާތަނަށް މަސައްކަތްކޮށްފައެއްނުވެ އެވެ.
އެޕްސްޓީންއާ ބައްދަލުކުރިއިރު، ތުހުމަތެއް ކުރެވޭކަމެއް ނޭނގެ
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު އައްޔަންކުރަނީ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގައި ގެއްލުންތަކެއް
