ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޕީއެސްއެމްގެ ހަތަރު ވަނަ މެނޭޖިން ޑިރެކްޓަރު ކަމަށް އަހްމަދު ޝަކީބު އައްޔަންކޮށްފިއެވެ.
ޕީބީސީން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
ޝަކީބަކީ ތައުލީމީ ދާއިރާގައި 35 އަހަރުގެ މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ.
ޝަކީބް އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ކުރީގެ އެޑިއުކޭޝަން ޑިވެލޮޕްމެންޓް ސެންޓަރު (އީޑީސީ) ނުވަތަ މިހާރުގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގަ އެވެ. އެ ތަނުގައި 20 އަހަރު އޭނާ ހިދުމަތް ކުރެއްވި އެވެ.
ޝަކީބު ވަނީ ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ވެސް ގިނަ ދުވަހު މަސައްކަތް ކުރައްވާފަ އެވެ.
ޕީއެސްއެމްގެ އެމްޑީ ކަމުގައި އެންމެފަހުން ހުންނެވި އިބްރާހީމް ނަސްރީނު އިސްތިއުފާދެއްވުމުން އޭނާ ވަނީ ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް ހިންގަވާ އެންމެ އިސް ބޭފުޅާގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަންކުރައްވާފަ އެވެ.
އޭގެކުރިން މި ސަރުކާރުގައި ޕީއެސްއެމްގެ އެމްޑީ ކަމަށް އައްޔަންކުރީ ޒީނާ ޒާހިރު އާއި މުހައްމަދު ސައީދެވެ.
ލޯބީގެ ގޮތުން މީހަކާ ނުގުޅޭތާ 10 އަހަރު ވެއްޖެ: އެންޖެލީނާ
އަނގައިގެ ކެންސަރުގެ ނުރައްކާ އެންމެންނަށް ވެސް އެބައޮތް!
ޗައިނާގެ ފުރަތަމަ ކްރޫޒް ލައިނާ ރާއްޖެ އަތުވެއްޖެ
