މި ސަރުކާރުން ކޯޓްތަކަށް ނުފޫޒުފޯރުވި ކަމަށް ބުނަން ކެރޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހެންވޭރުގެ ރައްޔިތުންނާ އެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ޝަރުއީ ދާއިރާ އޮތީ ހަގީގީ މާނައިގައި މިނިވަންކޮށްފައި ކަަމަށެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ނުވަތަ ސަރުކާރުން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވާން ކެރިވަޑައިގަންނަވާނެ އެއްވެސް ބޭފުޅަކު ނުހުންނާނެ ކަމަށެވެ.
"ބައެއް ބޭފުޅުން ވިދާޅުވެދާނެ ތިއީ ދޮގެކޭ. ހަމަ ހަގީގަތުގައި ވެސް ބައެއް ބޭފުޅުން ކޯޓަށް ގެންދަން އިއުލާން ކޮށްފައި ނޫނިއްޔާ ކޯޓަށް ގެންދަން ޗިޓު ފޮނުވިކަން އަޅުގަނޑަށް ފެންނަނީ ނޫހުން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނަކީ މީހަކު "ސިޔާވީ ވެގެން" އެ މީހަކާ މެދު ސިޔާސީ ގޮތުން ފިޔަވަޅު އަޅުއްވާނެ ބޭފުޅެއް ނޫން ކަމަށާއި އެއްވެސް މީހަކު ފުލުސް އޮފީހަށް ނުވަތަ ކޯޓަށް ގެންދިއުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު ދެންނެވި ބޭނުންވަނީ މި ގައުމުގައި ބަދަލުހިފުމުގެ ރޫހު ނައްތާލައި މި ހުންނަ ސިޔާސީ އޮއިވަރުގެ ތެރޭގައި އެކަކު އަނެކަކަށް އަނިޔާކުރުން ނައްތާލަންށޭ. އެއީ އަޅުގަނޑު ވީ ވައުދެއް. މި ދެ އަހަރު ވީއިރު ނުހުންނާނެ ސިޔާސީ ހައްޔަރީއެއް. އެހެންވީމާ ކޯޓުތަކަށް ނުފޫޒެއް ނުފޯރުވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޯޓްތަކަށް ނުފޫޒުފޯރުވުމުގެ ބަދަލުގައި އެމަނިކުފާނު ކުރައްވާ ކަމަކީ ކޯޓްތައް މިނިވަންކުރުން ކަމަށެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ވެސް އެ މަނިކުފާނުގެ ވައުދާ އެއްގޮތަށް ބަދަލު ކުރާނެ ކަމަށާއި ހާއްސަ ތަރުތީބެއްގެ ތެރެއިން ކަންކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އިސްތަށިގަނޑު މާ ބޮޑަށް ހިރުވަނީ ކީއްވެ؟
މެމްބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކަށް ދެވޭނެ ހަމައެއް ނެތް
ފަޒުލްއަށް ދައުވާ ނުުކުރަން ޕީޖީން ނިންމުމުން އޭނާ ސަލާމަތްވެއްޖެ
