ބަންގްލަދޭޝްގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ، މޯލްޑިވިއަނުން އެ ގައުމުގެ ވެރިރަށް ޑާކާ ސިޓީއަށް ކުރަމުން އައި ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ބަންގްލަދޭޝްގައި ކޮވިޑް ފެތުރުން އިތުރުވުމާއެކު އެ ގައުމަށް ބައިނަލްއަގުވާމީ ފްލައިޓްތައް އެތެރެވުމާއި ބޭރުވުން އެ ގައުމުގެ ސަރުކާރުން ވެސް ވަނީ މަނާކޮށްފަ އެވެ.
މޯލްޑިވިއަނުން ބުނީ ބަންގްލަދޭޝް ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން ޑާކާއަށް މޯލްޑިވިއަނުން ކުރުމަށް ހަމަޖެހިފައިވާ ހުރިހާ ދަތުރުތަކެއް މިމަހުގެ 28ގެ ނިޔަލަށް ފަސްކޮށްފައިވާ ކަމަށެވެ.
ކޮވިޑަށް ފަހު މޯލްޑިވިއަނުން ކުރަމުންއައި ބައިނަލްއަގްވާމީ ދަތުރުތައް އެންމެ ފުރަތަމަ ފެށި އެއް މަންޒިލްގެ ތެރޭގައި ޑާކާ ހިމެނެ އެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ފަހުން ވަނީ ޑާކާއަށް ކުރާ ދަތުރުތައް ހަފްތާއަކު 4 ދަތުރަށް އިތުރު ވެސް ކޮށްފަ އެވެ.
			އެއްވެ އުޅުމާ ބެހޭ ގާނޫނު އުވާލަން އެމްޑީޕީން ހުށަހަޅައިފި
		
			ނޮވެމްބަރު 3 ގެ ހާދިސާގެ މައްޗަށް ބޮލީވުޑް ފިލްމެއް!
		
			ބަޑި ބުރާސްފަތި: ބޭރުގެ ހަބަރުތަކުގެ ފަލަ ސުރުހީތަކުން!