ދާދިފަހުން ޕީއެންސީއާ ގުޅިވަޑައިގެންނެވި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް، ޖަޕާނަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.
މަހްލޫފް ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް އައްޔަންކުރަން ނިންމީ ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ އިއްތިފާގުންނެވެ.
މަހުލޫފް ސިޔާސީ މަސައްކަތް ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރު އެމަނިކުފާނު އުފެއްދެވި ޑީއާރްޕީންނެވެ. އެއަށްފަހު ޕީޕީއެމާ ގުޅުނެވެ. އެ ޕާޓީން ވަކިވެ އެމްޑީޕީއާ ގުޅުނެވެ.
ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވުމާއެކު މަހުލޫފް ވެސް ސިޔާސީ މައިދާނުން ގެއްލުނެވެ.
މަހުލޫފް ޕީއެންސީއަށް ސޮއިކުރީ ނޮވެމްބަރު 14، ގައި އާޓިފިޝަލް ބީޗުގައި ބޭއްވިި ބޮޑު ޖަލްސާގަ އެވެ.
ސްކޭމްތަކުން އަނބުރާ ހޯދުނީ 630،319 ރުފިޔާ
ޖޭލޯއާއެކު އެއްވެސް ގުޅުމެއް ބާއްވަން ޖެނިފާ ބޭނުން ނުވަނީ ކީއްވެ
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ވެސް އިސްތިއުފާ ދެއްވައިފި
