އިންޑިއާގެ ހޮސްޕިޓަލެއްގެ އޮކްސިޖަން ޓޭންކެއް ލީކުވެ އެ ހޮސްޕިޓަލުގެ އައިސީޔޫ ގައި ތިބި 22 އަށްވުރެ ގިނަ ބަލި މީހުން މަރުވެއްޖެ އެވެ.
މަހާރަސްތުރާގެ ނާޝިކުގައި ހިނގި މި ހާދިސާގައި މަރުވެފައި ވަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ތިބި ބަލި މީހުންތަކެއް ކަމަށް މަހާރަސްތުރާގެ ހެލްތު މިނިސްޓަރު ރާޖޭޝް ޓޯޕް ވަނީ ވިދާޅުވެފަ އެވެ.
ނާޝިކްއަކީ އިންޑިއާގައި ކޮވިޑް-19ގެ ހާލަތު އެންމެ ގޯސްވެފައިވާ ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދެވެ.
ދުނިޔޭގެ ނިސްބަތުން ދެވަނައަށް ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ އިންޑިއާގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 150،000 އަށްވުރެ މަތީގަ އެވެ.
މިހާލަތުގައި އިންޑިއާގެ ހޮސްޕިޓަލުތަކުން ދަނީ ކޮވިޑް-19 ގެ ބަލި މީހުންނަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތްކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. --ރޮއިޓާސް
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
ތުރުކީގެ ކުންފުންޏަކުން ރާއްޖޭގައި 300 މިލިއަން ޑޮލަރުގެ ރިސޯޓެއް
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!