ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ބްރިޓްނީ ސްޕިއާސްއާއި އިންފްލުއެންސަރުން ކަމަށްވާ ކިމް ކާޑޭޝަން އަދި ކްލޯއީ ކާޑޭޝަންއާއެކު ވަގުތުކޮޅެއް ހޭދަކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ތިން ރަހުމަތްތެރިން ބައްދަލުވެފައިވަނީ ކާޑޭޝަން އާއިލާގެ މެމްބަރުން މިދިޔަ ހަފްތާ ބަންދުގައި ބްރިޓްނީއަށް ރޭގަނޑުގެ ކެއުމަކަށް ދިން ދައުވަތުގަ އެވެ.
އެ ބައްދަލުވުމުގައި ބްރިޓްނީ ވަނީ ކިމްއާއި ކްލޯއީއާއެކު ކެއުމަކަށް އިންސާފުކޮށް އެމީހުންގެ ދަރިންނާއެކު ވެސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ.
މެދުކެނޑުމަކަށްފަހު ބްރިޓްނީ ސޯޝަލް މީޑިއާއަށް ގުޅުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ ވަނީ ކިމްއާއި ކްލޯއީއާއެކު ބައްދަލުވުމުގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ.
"ރޭގަނޑުގެ ކެއުމަށް ދައުވަތު ދީ ކުދިންނާއެކު ވަގުތު ހޭދަކޮށްލަން ފުރުސަތު ދިނީތީ ޝުކުރިއްޔާ" ބްރިޓްނީ އޭނާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ބްރިޓްނީއާއި ކާޑޭޝަން އާއިލާގެ މެމްބަރުންނަކީ ވަރަށް ކުރީއްސުރެ ގާތް ރަހުމަތްތެރިންނެވެ. އެ މީހުން އެކުގައި ދުވަސް ދުވަސްކޮޅުން އެކުގައި ފެނެ އެވެ.
ނަފްސާނީ ބަލިތަކަށް ކުރާ ހަރަދުތަކަށް އާސަންދައިން ހަމަޖައްސަނީ
ޗެމްޕިއަންސް ލީގު މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު!
ފުވައްމުލަކަށް މިހާރު ދޫކުރަނީ މިންގަނަޑަށް ފެތޭ ރަނގަޅު ފެން