ޓްރީ ޓޮޕް ހޮސްޕިޓަލާއި ވިލާ ކޮލެޖް އަދި މަޔޯ ކްލިނިކްގެ ބައިނަލްއަގްވާމީ އިސް ތަޖުރިބާކާރުން ބައިވެރިވި ހާއްސަ މެޑިކަލް ވޯކްޝޮޕްތަކެއް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މި ހަރަކާތް ފެށީ މަޔޯ ކްލިނިކްގެ ފެމިލީ މެޑިސިން އިންސްޓްރަކްޓަރު، ޑރ. އެރިކް ލެވޭލް، އެމްޑީ.، އެމްޕީއެޗް. ލީޑު ކުރެއްވި ޕޮއިންޓް-އޮފް-ކެއާ އަލްޓްރާސައުންޑް (ޕީއޯސީޔޫއެސް) ވޯކްޝޮޕަކުންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ރޭޑިއޮލޮޖިސްޓް އަދި ރޭޑިއޮލޮޖީގެ ހެޑް، ޑރ. ކަންޗަން ދުންގަލް އަދިކާރީގެ އިފްތިތާހީ ބަސްފުޅަށްފަހު، ޑރ. ލެވޭލް ވަނީ ބެޑްސައިޑް އަލްޓްރާސައުންޑްގެ އަސާސީ އުސޫލުތަކާއި ކްލިނިކަލް ބޭނުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
ދެވަނަ ދުވަހު ބޭއްވީ މަޝްހޫރު ރޭޑިއޮލޮޖިސްޓެއް އަދި ވެސްކިއުލާ މެޑިސިން ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. ހަރަލްޑޫރް ބްޔާނާސަން، އެމްޑީ. ހިންގެވި އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ވޯކްޝޮޕެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުން ތައާރަފުކޮށް، އައިއެމްއީއާރްސީގެ އޯގަނައިޒަރު އަދި މަޔޯ ކްލިނިކްގެ ވެސްކިއުލާ މެޑިސިން ކޮންސަލްޓަންޓް، ޑރ. ރައްޔާ އަހްމަދު ސިއްދީގުގެ ހިޔާލުތައް ހިމެނުނު މި ސެޝަންގައި ވަނީ މުހިންމު އުސޫލުތަކެއްގެ އަމަލީ ތަމްރީނު ދީފަ އެވެ. މީގެ ތެރޭގައި ޕޯސްޓްސީއޭބީޖީ ފެމޯރަލް އާޓަރީ ޕްސޫޑޯއެނިއުރިޒަމް މެނޭޖްކުރުމާއި، ޕެރިފެރަލް ވެސްކިއުލާ ޑޮޕްލާ އެސެސްމަންޓް، އަލްޓްރާސައުންޑް-ގައިޑެޑް ވެސްކިއުލާ އެކްސެސް، އަދި ޑައިލިސިސްއަށް ވެސްކިއުލާ މެޕިން ހިމެނެ އެވެ.
މަޔޯ ކްލިނިކްއާ ގުޅިގެން ބޭއްވި މިފަދަ އެއްބާރުލުމުގެ ވޯކްޝޮޕްތަކުން ދައްކުވައިދެނީ، ޓްރީ ޓޮޕް ހޮސްޕިޓަލުން ކްލިނިކަލް ހުނަރުތައް ކުރިއެރުވުމަށާއި، ދެމިގެންދާ ޕްރޮފެޝަނަލް ތަރައްގީގެ ޒަރީޢާއިން ސިއްހީ ހިދުމަތްތައް ރަނގަޅުކުރުމަށް ދެމުންގެންދާ ބޮޑު އަހައްމިއްޔަތެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވަނީ، އެންމެ މަތީ ފެންވަރުގެ ބަލިމީހުންގެ ފަރުވާ ފޯރުކޮށްދިނުމަށްޓަކައި، އެ ހޮސްޕިޓަލުން ދުނިޔޭގެ ފެންވަރުގެ ތަމްރީނުތަކަށް އިންވެސްޓް ކުރާ ކަމަށެވެ. މަޔޯ ކްލިނިކާ ގުޅިގެން ބޭއްވި މި ވޯކްޝޮޕްތަކަކީ މި މަސައްކަތުގެ މުހިންމު ބައެއް ކަމަށާއި، މިއީ ކްލިނިކަލް ހުނަރުތައް ކުރިއެރުވުމަށްޓަކައި އަދި ރާއްޖޭގެ ސިއްހީ ހިދުމަތްތައް ދިގުދެމިގެންދާ ގޮތަށް ތަރައްގީކުރުމަށް ހޮސްޕިޓަލުން ވެފައިވާ ވަޢުދެއްގެ ހެއްކެއް ކަމަށްވެސް ހޮސްޕިޓަލުން ވަނީ ހާމަކޮށްފަ އެވެ.
ވިލާ ކޮލެޖް
ވިލާ ކޮލެޖަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޕްރައިވެޓް މަތީ ތައުލީމުދޭ މުއައްސަސާއެވެ. 2007 ވަނަ އަހަރު، ސަރުކާރާ ގުޅިގެން ޕްރައިވެޓް-ޕަބްލިކް ޕާޓްނާޝިޕް އެއްބަސްވުމެއްގެ ދަށުން، ވިލާ ގްރޫޕްގެ ޗެއާމަން، ގާސިމް އިބްރާހީމް އެ ކޮލެޖު އުފެއްދެވި އެވެ. އެންމެ 54 ދަރިވަރުންނާއި ހަތަރު ކްލާސްރޫމުން ފެށިގެން، މި ކޮލެޖު ވަނީ އެތައް ގޮތަކުން ފުޅާވެ، ޕާޓްނާޝިޕްތަކުގެ ޒަރީއާއިން ފްރެންޗައިޒް ޕްރޮގްރާމްތައް ހިންގި ރާއްޖޭގެ ފުރަތަމަ މުއައްސަސާއަށް ވެފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
ވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވެ ބާޖުތަކުގައި ކެމެރާހަރުކުރަނީ
ޖެނިފާ އެންމެ ބިރުގަންނަނީ ކީއްކުރަން ކަން އެނގޭތަ؟
އެސްޑީއެފްސީ ފެސިލިޓީތަކަށް މޯބައިލް ފޯނުން ފައިސާ ދެއްކޭނެ
