ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެއްބަސްވެވަޑައިގެންފި އެވެ.
ރައީސް ސޯލިހަށް އިއްޔެ ހަވީރު ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް އަންނަ އަހަރު ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށެވެ.
ނަޝީދު ވިދާޅުވެފައި ވަނީ ބޮޑުވަޒީރަކަށް ވެވަޑައިގަތުމާ ގުޅޭގޮތުން ރައީސް ސޯލިހާ މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވިދާޅުވީ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ވެސް ނަޝީދު އެ މެސެޖު ފޮނުއްވި ކަމަށެވެ.
ނަޝީދު ބޭނުންފުޅު ވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. ހަމައެހެންމެ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު ނުބޭއްވުމަށް ވެސް ނަޝީދުގެ މެސެޖުގައި އެދިވަޑައިގަތެވެ.
މީގެއިތުރުން 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ދާއިރު ރައްޔިތުން މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް ނަޝީދު ހުށަހަޅުއްވާފައިވެ އެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ރައީސް ސޯލިހް ދެކެވަޑައިގަންނަވާ ގޮތުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ.
ތަރުޖަމާނު އެފަދައިން ވިދާޅުވުމުން ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ ވެރިމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވީ ނިޒާމު ބަދަލުކުރުމުގެ ކޮންމެ މަސައްކަތަކީ ފެންނަ ނުފެންނަ ވޯޓާ ގުޅިފައިވާ ކަންކަން ކަމަށެވެ.
އެމަނިކުފާނު ކުރިން މަސައްކަތް ކުރެއްވީ އެމްޑީޕީގެ މެމްބަރުންނަށް ނުފޫޒު ފޯރުވައިގެން އަދި ރައީސް ސޯލިހަށް މަޖުބޫރުކޮށްގެން ގަދަބާރުން ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރެ އެވެ.
ޒުވާނުންގެ މެދުގައި ކެންސަރު އިތުރު ވަމުން އަންނަ ސަބަބު!
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
އީރާންގެ ވެރިކަން ބަދަލު ނުވުމުން މޮސާޑުގެ ދެ ވެރިން ވަކިކޮށްފި

ބޭނުންވެގެން އެއުޅެނީ މިކަމުގައި އާންމު ވޯޓެއް ނެގޭނެ މަގެއް ހޯދަން. އެންމެން އިންކާރު ކުރާނީ ރައްޔިތުންނަށް ނޫނީ މިކަން ނުނިންމޭނޭ ކިޔައިގެންކަން ވިސްނޭތީ މި ޖަރީމާ ހިންގަން ކުރަމުންދާ މަސައްކަތް އެފެށީ ރައީސަށް ފޮނުވި މެސެޖަކުން. މީނަގެ ކިބައިން މިގައުމުގެ މީހުން ދުރުހެލިވާން އެބަޖެހޭ. ފައްސާލަންވީ