ނޫސްވެރިންނަށް މަސްދަރު ހާމަކުރަން އަންގަންޖެހޭ ހާލަތްތައް އިތުރުކުރަން ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުން މަޖިލީހަށް އެ އިސްލާހު ހުށަހެޅީ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު އަސްލަމް ލައްވަ އެވެ.
ހެއްކާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުގެ ދަށުން ނޫސްވެރިންނަށް މަސްދަރު ހާމަކުރަން އެންގޭ ހާލަތްތައް
ޓެރަރިޒަމުގެ ކުށް
ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ކަމުގައި ކަނޑައަޅާފައިވާ ހުއްދަ ނޫން ގޮތުގައި ސިއްރު މައުލޫމާތު ހާމަ ކުރުން
ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުން
ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް
ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ގެއްލުން ލިބޭނެ ފަދަ އަމަލުތައް
އަދި، އެ ނޫން ވެސް ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލެއް އެކުލެވޭ ކުށް
އެ އިސްލާހުގައިވާގޮތުން މަސްދަރު ހާމަ ކުރުމުގެ އަމުރަކަށް އެދެން ޖެހޭނީ ހައި ކޯޓުގައި އެވެ. މައްސަލަ ރައްދުވާ ނޫސްވެރިޔާ ނުވަތަ އޭނާ ވަޒީފާ އަދާ ކުރާ ތަނަށް އެ 24 ގަޑިއިރު ތެރޭ ޝަރީއަތުގައި ޖަވާބުދާރީވުމުގެ ފުރުސަތު ހައި ކޯޓުން ދޭން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ. އަދި އެ އަމުރަށް އެދޭތާ 24 ގަޑިއިރު ތެރޭ އެ ކޯޓުން އެކަމާ މެދު ގޮތެއް ނިންމަންޖެހޭނެކަމަށް އެ އިސްލާހުގައިވެ އެވެ.
ހައި ކޯޓުން ނިންމާ ނިންމުމާ މެދު ހިތްހަމަނުޖެހޭނަމަ 10 ދުވަސް ތެރޭ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވިދާނެކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
މިދިޔަ ސަރުކާރުން ވެސް ޓެރަރިޒަމްގެ މައްސަލަތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރަން ގާނޫނަށް އިސްލާހު ހުށަހެޅި އެވެ. އޭރު ވެސް ނޫސްވެރިންގެ ކަންބޮޑުވުމަކީ ގައުމީ ސަލާމަތް މާނަކޮށްފައި އޮތް ގޮތެވެ.
މި ސަރުކާރުން ހުށަހެޅި އިސްލާހުގައި ވެސް ގައުމީ ސަލާމަތް މާނަކޮށްދީފައެއްނުވެ އެވެ.
މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
ފޭރިގަތް ޑޮލަރުތައް ފެނުނުކަމާ މެދު ސުވާލު އުފެދިއްޖެ
ގޯނާގެ 41 މައްސަލަ ރިޕޯޓު ކުރީ ކުޑަކުދިން އަމިއްލަ އަށް
