ޅ. ކުރެންދޫ ބަނދަރުގެ މަސައްކަތް މަސައްކަތް ކުރުމަށް އެމްޓީސީސީން ކުޑަ ކެޕޭސިޓީއެއްގެ އެސްކެވޭޓަރެއް ބޭނުންކުރާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.
ތިލަ އުތުރު އެވޯޑު ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަދަ ކަންތައްތަކަށް އެންމެ ކުޑަވެގެން 3.5 ނުވަތަ 4 މީޓަރު ފުންމިނަށް ކޮނެވޭވަރުގެ އެސްކެވޭޓަރު ބޭނުންވާނެ ކަމަށެވެ.
"ކުރެންދޫ ބަނދަރަށްވީ ކިހިނެއްތޯ؟ އެމްޓީސީސީން މި ކަން މި ކުރަނީ ފަސް ޓަނުގެ އެސްކެވޭޓަރެއް ހިފައިގެން. ފަސް ޓަނުގެ އެސްކެވޭޓަރެއްގެ ކެޕޭސިޓީއަކީ އެއް މީޓަރުގެ ފުންމިން،" ޔާމީން ވިދާޅުވި އެވެ.
ކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 416 ދުވަސްތެރޭގައި ނިންމާގޮތަށް 53.36 މިލިއަން ރުފިޔާ އަށެވެ.
ތިލައުތުރު އެވޯޑް ޖަލްސާއަށް އެންމެ ފުރަތަމަ ދައުވަތު ދެއްވީ ރައީސް މުހައްމަދު މުއިއްޒަށެވެ. ނަމަވެސް އެމަނިކުފާނު އެ ދައުވަތު ގަބޫލުކުރައްވާފައެއްނުވެ އެވެ. އެކަމާ ގުޅިގެން ޔާމީން ވަނީ ފާޑުވިދާޅުވެފަ އެވެ.
"މުއިއްޒު އަށް ދިއްދޫއަށް ވަޑައިނުގެންނެވުނީ މުއިއްޒު މާލޭގައި މަޝްއޫލުވެގެން ބޮޑެތި ކަންތަތަކެއް ނިންނަމަވާތީއެއް ނޫން. ފާދިއްޕޮޅުގައި އެބަ އުޅުއްވާ. ފާދިއްޕޮޅަށް ވުރެ ހއ. އެތައް ތަނެއް ބޮޑު. ނަމޫނާ އަތޮޅު ކައުންސިލެއް އޮތް ތަނަކަށް ހއ. ވާނެ،" ޔާމީން ވިދާޅުވި އެވެ.
ރާ ބުއިން ހުއްޓާލުމުން ދިރިއުޅުން ރަނގަޅުވެއްޖެ: ބޮބީ
ކަރީނާއާއި ސައިފް ރާއްޖޭގައި!
"ޓޫ އޮފް އަސް" މެލޭޝިއާއަށް!