ވެކްސިން ކިޔޫ ފަޅާލުމުން، ޕެރޫގެ ކުރީގެ ރައީސް މާޓިން ވިޒްކާރާ އާ ޚިލާފަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެގައުމުގެ ކޮންގްރެސް އިން އަޅައިފި އެވެ.
ކޮވިޑް-19ގެ ވެކްސިން ލިބިގަތުމަށް ކިއުއެއްގެ މެދުން ވަތް ކަމުގެ ތުހުމަތުގައި 10 އަހަރުގެ މުއްދަތަކަށް އޭނާއަށް ވަނީ އާއްމު އޮފީހެއް ގެންގުޅުން މަނާ ކޮށްފަ އެވެ.
ކޮންގްރެސްގައި ނެގި ސިއްރު ވޯޓެއްގެ ފުރިހަމަ އަގުލަބިއްޔަތުން ވިޒްކާރާ އާއި ދެކޮޅަށް ފިޔަވަޅު އަޅަން ފާސްވިއިރު، އޭނާގެ މައްޗަށް ވަނީ އެ ގައުމުގެ ވީއައިޕީ ވެކްސިނޭޝަން އާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރުމާއި މަގާމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެފަ އެވެ.
އޭނާ އާއި އޭނާގެ އަންހެނުންނަކީ އެ ގައުމުގައި ސިނޮފާމް ވެކްސިން ޓެސްޓު ކުރުމަށް ހޮވި ވޮލެންޓިއަރުންގެ ތެރޭގައި ހިމެނިފެއިވާ ބައެއް ކަމަށް ވިޒްކާރާ ބުނި ނަމަވެސް އެޓެސްޓްތައް ކުރިއަށް ގެންދިޔަ ޔުނިވާސިޓީން ވަނީ އެކަން ދޮގު ކޮށްފަ އެވެ.
މީގެ ކުރިން، 2018 ވަނަ އަހަރު ވެރިކަމަށް އައި ވިޒްކާރާ އެ މަގާމުން ދުރުކުރީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ކޮންގްރެސް އިން އިމްޕީޗް ކޮށްގެންނެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް އޭނާ އަންނަނީ އެތުހުމަތުތައް ދޮގު ކުރަމުންނެވެ. -- ރޮއިޓާސް
ކަނޑުއޮޅިން ދަތުރުކުރި ދެ ޓޭންކަރަކަށް އީރާނުން ބަޑި ޖަހައިފި
"އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި
އީރާނާ ގުޅޭ ގޮތުން ޓްރަމްޕް ހައްދަވަނީ ދޮގު: ގާލީބާފް