ހަށިގަނޑަށް ދިމާވާ ކުއްލި ތަދު ފަަދަ ކަންތަައް ތަކަކީ ކުޑަ ކުޑަ ކަމަކުންވެސް ރަނގަޅު ކުރެވިދާނެ ކަންކަމެވެ. އެގޮތުން ނިތްކުރީގެ ދެބުމަ ދޭތެރެ މަސާޖުކުރުމަކީ ވަރަށް ގިނަ ކަންކަމަށް ފަރުވާ ލިބޭ ކަމެކެވެ..
މަސަތްކަތަށް ސަމާލުކަން ނުދެވުމާއި ހާސްކަމާއި، ބޮލުގައި އަދި ލޮލުގައި ރިހުން ފަދަ ކަންކަމަކީ މިބުނި ތަން މަސާޖު ކޮށްލުމުން ލުއި ލިބިގެންދާނެ ކަންކަމެވެ.
މިހެން މަސާޖު ކުރުމަށް ބޭނުން ވަނީ 60-45 ސިކުންތެވެ. އިނގިލިން ނިތްކުރީގެ ދެބުމަ ދޭތެރޭގައި ތިރިން މައްޗަށް މަސާޖު ކުރުމަށް ކޮށްލާށެވެ.
އެއަށްފަހު ނިތްކުރީގެ ދެބުމަ ދޭތެރެގެ ތަންކޮޅެއް މަތީގަ މަސާޖު ކޮށްލުމުން ހަށިގަނޑުން މާ ލަސްނުވެ ތަފާތު އިހްސާސް ކުރެވޭނެ އެވެ.
ދިރާސާ ތަކުން އިނގޭ ގޮތުގައި އެ ހިސާބަކީ ސިކުނޑިއާ ގުޅިފައިވާ ނާރެކެވެ. އެހެންކަމުން މި ގޮތަށް މަސާޖު ކުރުމުން ހާސްކަން ވަރަށް އަވަހަށް ފިލުވައިދެ އެވެ.
މި ސަބަބަށްޓަކައި ނިއްކުރީގެ ދެބުމަ ދޭތެރެ މަސާޖު ކުރުމަކީ ކުއްލި އަކަށް ބޮލަށް އަރާ ތަދުތަކަށް ކުރަން އެންމެ ރަނގަޅު ފަރުވާ ކަަމަށް ދިރާސާ ތަކުން އެނގެ އެވެ.
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ސަމާލުވޭ! އެނާޖީ ބުއިންތަކަކީ ކިޑްނީ ސިއްހަތުގެ "ދުޝްމަނެއް"!
ދުނިޔޭގެ އެންމެ އަގުބޮޑު ބީޗްތަކުގެ ތެރޭގައި އދ. ދިގުރަށް