ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ އެއް ދުވާ ސާބިތުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ސާބިތުވާ ކަމަށް ކަނޑައެޅީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ އެކު 2019ގައި ހެދި އެއްބަސްވުމެއްގެ ދަށުން ބްލޭޒަން އިން ކުރަން ޖެހޭ މަސައްކަތް ނިންމިކަން ޔަގީންނުކޮށް މަސައްކަތަށްވާ ފައިސާ ދޫކުރި މައްސަލާގައި އުފުލި ދައުވާ އެވެ.
އެއީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ.
އެ މައްސަލާގައި ސައީދުގެ އިތުރުން އޭރު އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ ސާލިހުގެ މައްޗަށް ވެސް ދައުވާކުރި އެވެ.
ސައީދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅިޔަސް އޭނާގެ މައްޗަށް އަދި އަދަބު ކަނޑައެއް ނާޅަ އެވެ. މި ދައުވާގެ އަދަބެއްގެ ގޮތުގައި ސައީދު 1 އަހަރާއި 6 މަސް ދުވަހާއި 6 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރުމުގެ ފުރުސަތު އެބައޮތެވެ.
ސައީދުގެ މައްޗަށް އިތުރު ދައުވާއެއް އުފުލައި ޝަރީއަތް ވެސް މިހާރު ވަނީ ފަށާފަ އެވެ.
އެއްބަސްވުމާ ހިލާފުވާތީ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފި
ވަރުބަލިވުމުން ތެދު ހަދަން ފަސޭހަ!
އެސްއޯއީތަކަށް ރިސޯޓު ތަރައްގީކުރެވޭނީ %45 ހިއްސާ އޮވެގެން