ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގަންނަވައިފި. އެމަނިކުފާނު މިވަގުތު ހުންނެވީ ކަރަންޓީނުގައި.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެން، ކަރަންޓީނުގައި މަޑުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ރައީސް ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފައިވާ ކަމަށެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ ކަރަންޓީނުގައި ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ މިދިއަ މަހުގެ 28 ވަނަ ދުވަހެވެ. ނަޝީދު އިނގިރޭސިވިލާތަށް ވަޑައިންނެވިއިރު މަޖިލީހުގެ ދައުރު އިތުރުކުރުމުން ޖަލްސާތައް ނުނިމެ އެވެ.
އެމަނިކުފާނު އެންމެ ފަހުން ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިންނެވީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. އެފަހަރު ނަޝީދު ވަޑައިންނެވީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށެވެ.
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
ރާއްޖެ އެތެރެކުރި 800 ވޭޕް ކާޓްރިޖް އަތުލައިގެންފި
