ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނަށް ދެވޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.
ކުރިން ރައީސުން ރަށްރަަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ދެންނެވުމަށް ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުން ބައިވެރި ކުރުމަކީ އެއްވެސް ރައީސުން ކުރިން ކުރެއްވި ކަމެއް ނޫނެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ރައީސް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރުހަބާ ދެންނެވުމަށާއި މުއައްސަސާތަކުގެ ވެރިންނާ އެކު ބާއްވާ ބައްދަލުވުންތަކުގައި ފަނޑިޔާރުން އަދި ކޯޓުތަކުގެ މުވައްޒަފުންނަށް ބައިވެރިވެވޭނެ ކަމަށެވެ.
މީގެކުރިން ރައީސުން ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތުތަކުގެ ތެރެއިން ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ބައިވެރިވެވެނީ ގައުމީ މުނާސަބަތުތަކާއި ޝަރުއީ ދާއިރާގެ ރަސްމިއްޔާތުތަކުގައި އެވެ.
ޒުވާނުންގެ މެދުގައި ކެންސަރު އިތުރު ވަމުން އަންނަ ސަބަބު!
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި
ދޯންޏެއް އަޑިއަށް ގޮސް ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިއްޖެ
